މެމްބަރ ހިސާން ހުސެއިން
ހަބަރު
28 Feb 2024 | 19:37
މަޖިލިހުން ދެވަނަ ފަހަރަށް ފާސްކުރި ބިލް މިއަދުން މިއަދަށް ތަސްދީގު ކުރަން ޖޭހޭ: އެމްޑީޕީ

ރާއްޖޭގެ ސްޕްރިމްކޯޓުން ނިންމާފައި ނިންމުމަކަށް ބަލާ ރައްޔިތުންގެ މަޖިލިހުން ބިލެއް ދެވަނަ ފަހަރަށް ހަމަ އެ އޮތް ގޮތަށް ފާސްކޮށްފައި ރައީސުލްޖުމހޫރިއްޔާއަށް ފޮނުވައިފި ނަމަ ރައީސުލްޖުމުހުރިއްޔާ އެބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރައްވަން ޖެހޭނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދއިން ބުނެފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލެއް ތަސްދީގު ނުކޮށް ލަސްކުރުމުން އެމައްސަލަ ސްޕްރިމްކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބުނެފައިވަނީ އިންސާނީ ބާރު ނުފޯރާ ފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ދެވަނަ ފަހަރަށް މިޖިލިހުން ފޮނުވާ ބިލެއް ލަސްކުރުމަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވަން ޖެހޭނެކަމަށެވެ.

މެންބަރު ހިސާން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތުމުން ބިލް ތަސްދީގު ނުކުރައްވައި ލަސްކުރުމުގެ އެއްވެސް އިހުތިޔާރެއް ރައީސަށް ނެތް ކަމަށެވެ.

"ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ މިއަދުތޯ މާދަމާތޯ އަނެއް ދުވަސް ތޯ، އެ ސުވާލުގައި ތިއްބެވޭނެ ޒާތުގެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ ގާނޫނުއަސާސީގެ ރޫހަކީ އަދި ސުޕްރީމް ކޯޓުން މާނަކޮށްފައި އޮތް ގޮތަކީ ވެސް،" 

މެމްބަރ ހިސާން ވިދާޅުވި އެވެ.

ހިސާން އިތުރަށް ވިދާޅުވީ މިބިލްތަސްދީގު ނުކުރައްވާ ކޯޓަށް ވަޑައިގެންނެވުމުގެ މަގު ރައީސް ޚިޔާރު ކުރައްވައިފި ނަމަ އެކަން ވެގެންދަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވުން ކަމަށާއި، އެމްޑީޕީގެ ސަރުކާރުތަކުން ނޫން ހުރިހާ ސަރުކާރަކުންވެސް ރާއްޖޭގައި އެމަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ. ހިސާން ވިދާޅުވީ މިފަހަރު އެހެންއެކަން ވެގެންދާތަން ފެންނަން ބޭނުން ނުވާ ކަމަށާއި ވީހާ އަވަހަކަށް މި ބިލް ފާސްކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒުގެ ކިބައި އެދޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.