މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް 21 ވާ އާދިއްތަ ދުވަހު
ހަބަރު
29 Feb 2024 | 22:47
މަޖިލިސް އިންތިހާބު އެޕްރީލް 21 ގައި ބާއްވަން ނިންމައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު އަންނަ އެޕްރީލްމަހު 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްސަން ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން މީގެ ކުރިން ނިންމާފައިވަނީ އަންނަ މާރޗު މަހުގެ 17 ގައި އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރޯދަމަސް ނިމި 10 ދުވަސްފަހުން  އިންތިހާބު ބާއްވަން ޖެހޭގޮތަށް ރައްޔިތުންގެ މަޖިލިހުން އިންތިހާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އިންތިހާބު ބޭއްވޭނެ ދުވަހަކާއި މެދު އާއްމުން ތިބީ ސުވާލެއްގެ ތެރޭގައެވެ.

އާއްމުންނަށް މި ގޮތަށް ތިބެން ޖެހުނީ މަޖިލިހުން ފާސްކުރި އިންތިހާބު ފަސްކުރުމާއި ގުޅޭ އިސްލާހުގެ ބިލް ރައީސް ތަސްދީގު ނުކުރައްވާ އޮތުމާއި ގުޅިގެން އީސީން ޢަމަލުކުރާނެގޮތަކާއި މެދުގައެވެ.

ނަމަވެސް ބަންޑާރަ ނައިބުގެ ލަފާފުޅާއި އެއްގޮތަށް ރައީސް، އެ ބިލު ތަސްދީގު ކުރެއްވުމާއެކު، ރޯދަ މަހު އެއްވެސް އިންތިޚާބެއް ބޭއްވުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. އެހެންކަމާއި އެކު އީސީން ވަނީ ކުއްލި ބައްދަލުވުމެއް ރޭ ބާއްވާފައެވެ. އަދި އީސީގެ މިބައްދަލުވުމުގައި ނިންމާފައި ވަނީ އިންތިހާބުގެ ތާރީހު އޭޕްރީލް 21 އަށް ބަދަލުކުރުމަށެވެ. އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.