ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ވޮއިސް
ހަބަރު
04 Mar 2024 | 12:43
ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވައިފި!

އަންނަ މެއި މަހުގެ 10 ވަނަ ދުވަހަށް ފަހު، ޔުނީފޯމުގައި ވިޔަސް އަދި ކުލަ ހެދުމުގައި ވިޔަސް އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރޭ ބ.އޭދަފުށީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނަށް ނަސްރުދީ މިނިވަންކަން ޔަގީން ކޮށްދިނުމަށްވުރެ ބޮޑު ކަމެއް ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ނެތް ކަމަށެވެ.

އެގޮތުން، މިނިވަންކަން ޔަގީންކޮށްދިނުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތުގެ ތެރެއިން އިންޑިޔާގައި އެކަން ދަންނަވައި، އެ ސިފައިން ރާއްޖެއިން ބޭލުމަށް އެމީހުން އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިންގެ އެއް ބެޗު ރާއްޖެއިން ފައިބައި، ބާކީ ތިބި އެންމެން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިބާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ދެން މިކަންވެސް އަޅުގަނޑުމެންނަށް ކުރެވޭތީ، ދޮގު ހަދާ މީހުންނަށް މިއޮންނަނީ ދޮގު ހަދަން އާދަވެފައި. އެ މީހުން [އިންޑިއާ ސިފައިން] އެ ފައިބަނީއެއް ނޫނޭ ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ، މި ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފައްދައި ދޮގު ފެތުރުމަކީ ފުރުސަތު ދީގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެން ވާންޖެހޭނެ ފެންނަ ހަގީގަތް ގަބޫލުކުރާ ބަޔަކަށް... އެހެންވީމާ 10 މެއި އާ ހަމައަށް ދާއިރު ރާއްޖޭގައި ނުތިބޭނެ އިންޑިއާ ސިފައިންނެއް. ޔުނިފޯމުގަތޯ، ކުލަ ހެދުމުގަތޯއެއް ނޫން، އެއްވެސް ކަހަލަ ހެދުމެއްގައެއް އިންޑިއާ ސިފައިންނެއް، އެއްވެސް ގައުމެއްގެ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. ނުތިބޭނެ ކަން ޔަގީންކަމާ އެކުގައި ދަންނަވަން."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މި ސަރުކާރު ވެރިކަމަށް އައުމަށް ދިވެހިން ގާތުގައި ވި އެންމެ ބޮޑު ވަޢުދަކީ ވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމެވެ. ރައީސްޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ އެންމެ މުހިއްމު ކަމަކީވެސް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބޭލުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.