ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله-- ފޮޓޯ: މަޖިލިސް
ހަބަރު
05 Mar 2024 | 13:01
މަޖިލީހަށް މެމްބަރުން ހާޒިރުނުވެ، ޖަލްސާތައް ނުބޭއްވުމަކީ،ސަރުކާރުން ބޭނުންހާ ކަމެއް ކުރަން ދޫކޮށްލުން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މމެމްބަރުން ހާޒިރުނުވެ، ޖަލްސާތައް ނުބޭއްވުމަކީ، ސަރުކާރުން ބޭނުންހާ ކަމެއް ކުރަން ދޫކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

އީވާ މިފަދައިން ވިދާޅުވީ މިއަދު ގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރުވެސް ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައިއެވެ. މިގޮތުން އީވާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުމާ ދައުލަތުގެ ކަންކަމަށް ފާރަވެރި ވުމަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު ޒިންމާ އާއި ބާރު ކަމަށް ވާއިރު މަޖިލީހަށް މެމްބަރުން ހާޒިރު ނުވެ ޖަލްސާތައް ނުބޭއްވުމަކީ ސަރުކާރުން ބޭނުންހާ ކަމެއް ކުރަން ދޫކޮށްލުން ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީކުރުމާ ދައުލަތުގެ ކަންކަމަށް ފާރަވެރި ވުމަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު ޒިންމާއާ ބާރު. ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހާޒިރު ނުވެ، ޖަލްސާތައް ނުބޭއްވުމަކީ، ސަރުކާރުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރާން ދޫކޮށްލުން."

އީވާ ވިދާޅުވިއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވާއިރު، މިއަދުގެ 9 ޖަހާއިރު ފަށަން އޮތް ޖަލްސާ އަށް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު މޫސާ ޖަލްސާ ފެށުން 09:30 އަށް ވަނީ ފަސްކޮށްފައެވެ. މިއީ މި ހަފްތާގައި ބޭއްވި ފުރަތަމަ ޖަލްސާ ނަމަވެސް މިއަދުގެ ޖަލްސާއަށް ހާޒިރުވީ އެންމެ 11 މެންބަރުންނެވެ.

އެންމެ ފަހުން 9:30 ގައި ފެށިއިރު ވެސް ޖަލްސާ ފަށަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ، ގަފޫރު ވިދާޅުވީ ޖަލްސާ ބޭއްވެން ނެތް ކަމަށާއި ދެން ޖަލްސާއެއް ބޭއްވޭނެ ތާރީޚެއް ފަހުން އިއުލާނުކުރައްވާނެ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލީހުގެ ޖަލްސާ ފެށޭނީ 22 މެންބަރުން ތިބެގެންނެވެ.

މިއަދު މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރަތަމަ ކިޔުން ހިމެނެއެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރުމަށް ގޮވާލާ ހުޅާހަޅާފައިވާ ގަރާރަށް މިއަދު ގެ ޖަލްސާގައި ބަހުސް ކުރުމަށް ވެސް އޮތީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.