ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މ.މުލަކު ރައްޔިތުންނާއި ބައްދަލު ކުރެއްވުން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Mar 2024 | 14:04
5 އަހަރުގެ ދައުރުގައި މަދުވެގެން ދެފަހަރު ހުރިހާ ރަށަކަށް ދާނަން: ރައީސް މުޢިއްޒު

ވެރިކަމުގެ 5 އަހަރުގެ ދައުރުގައި މަދުވެގެން ދެފަހަރު މަތިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މުލަކަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރަށްރަށަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި ތަރައްގީ ގެންނަން ބޭނުންވަނީ ރައްޔިތުންނާއި ވޭހާވެސް ގާތުން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އެހެން ކަން ނުކުރައްވައިފި ނަމަ، އެ މަސައްކަތެއް ތަކުރާރު ކުރަންޖެހި، "ބޭކާރު ވެގެންދާތަން" ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެންވީމާ އަޅުގަނޑު ރަށްރަށަށް ކުރާ ދަތުރުތަކުގައި ކައުންސިލް ކައިރިން މި އޮޅުންފިލުވަނީ ކޮބައިތޯ ރައްޔިތުން ބޭނުންވާ ގޮތަކީ. ކައުންސިލް ބާރުވެރި ކުރުވަނީ. ޑަބްލިޔުޑީސީ ބާރުވެރި ކުރުވަނީ. ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި މަންދޫބުން އެއީ. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ލާމަރުކަޒު ކުރެވިފައި އޮތް ނިޒާމް ޢަމަލީގޮތުން ތަންފީޒްކުރަން. އެއީ ގަނޑުތަކެއްގައި ލިޔެފައި އޮތް އަކުރުތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ތަންފީޒު ކުރަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ރަށްރަށް ޒިޔާރަތް ކުރައްވަނީ ލާމަރުކަޒީ ނިޒާމް ހަގީގީ މާނައިގައި ތަންފީޒު ކުރައްވައި ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުއްވަން ކަމަށެވެ. އަދި އެކަމަށްޓަކައި ފަސް އަހަރުގެ ދައުރުގައި ދެފަހަރު މަތިން ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބަ ލިބިގެންދޭ. ސީދާ ރައްޔިތުން ބޭނުންވާގޮތް ސާފުވެގެން އެބަދޭ. އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި ރަށްތަކަށް ވެސް އަޅުގަނޑު ދާނަން. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މުޅި ރާއްޖޭގެ ހުރިހާ ރަށްތަކަށް އަޅުގަނޑު ދާނަން އިރާދަކުރެއްވިޔާ. އޭރުން ހުރިހާ ރަށެއްގެ ރައްޔިތުންނާ އަޅުގަނޑަށް ބައްދަލު ކުރެވޭނީ. އަދި އޭގެ ފަހުން، މި މަސައްކަތްތައް ހިނގައި ގަނެ، އައު މަސައްކަތް ތަކުގެ މަސައްކަތް ވެސް ފެށުމަށްޓަކައި، އަދި އެއް އަހަރު ފަހުން، 2026 މީގެ ދެވަނަ ރައުންޑެއް ގެންދަން އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ. ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދާ ގޮތަށް. ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަދުވެގެން ދެފަހަރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާއި ބައްދަލު ކުރާނަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ވެސް، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ބައެއް ރަށްރަށަށް އޭގެ އިތުރަށް ވެސް ދެވޭނެ ކަން ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމުން، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދެއެވެ. އަދި އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށާ, އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ