މިއަދުގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވާހަކަ ދައްކަވަނީ--ފޮޓޯ/ ވަގުތު
ހަބަރު
06 Mar 2024 | 17:50
އިޓްލޮސް މައްސަލާގައި ރާއްޖެއަށް ނާކާމިޔާބުވީ ވަކީލުންގެ ސަބަބުން ކަމަށް ނުބުނަން: އޭޖީ އުޝާމް

އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައްސަލާގައި ރާއްޖެއަށް ނާކާމިޔާބުވީ އެ މައްސަލާގައި ބަހުސް ކުރި ވަކީލުންގެ ސަބަބުން ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައިނުވާނެ ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ކުރީ ސަރުކާރުން ނެގި ސްޓޭންޑް ގެ ސަބަބުން، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތަކީ ހަފްތާ 14 ގެ ސިޔާސަތުގެ ދަށުން އޭޖީ އޮފީހާ ހަވާލު ކުރެވިފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ތައްޔާރު ކުރެވިފައިވާ ރިޕޯޓު ވަރަަށް އަވަހަށް ކެބިނެޓަށް ހުށަހަޅުއްވާނެކަމަށް އުޝާމް ވިދާޅުވިއެވެ.

ބޭރުގެ ދެ ފަރާތެއްގެ ޕްރިލިމިނަރީ ރިޕޯޓް އަޅުގަނޑުމެންނަށް ލިބިއްޖެ. އެ ރިޕޯޓް ތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ވެސް ކެބިނެޓަށް ހުށަހަޅަންޖެހޭ ރިޕޯޓްގެ މަސައްކަތް ގާތްގަނޑަކަށް ހަމަ ނިމިފައި. ވިލަރެސް ކޮމިޓީގެ ރިޕޯޓް އަޅުގަނޑަށް ވެސް ލިބިފައި އޮތީ. ދެން އަޅުގަނޑު އޭތި ބެލުމަށްފަހު ކެބިނެޓަށް ހުށަހަޅައިގެން ކެބިނެޓުން ޑިސިޝަނެއް ނެގީމަ އަޅުގަނޑުމެން ކުރިއަށްދާނެ ގޮތެއް ނިންމާނީ. އެނިންމުން އަޅުގަނޑުމެން އާއްމު ވެސް ކުރާނަން. 

ބަންޑާރަ ނާއިބު އަހުމަދު އުޝާމް

މީގެ އިތުރުން މި ބައްދަލުވުމުގައި، އިޓްލޮސްގެ މައްސަލައިގައި ރާއްޖެއަށް ނާކަމިޔާބުވީ ރާއްޖެ ތަމްސީލުކުރި ވަކީލުން ނަގަންޖެހޭ ދިފާއުތައް ނުނަގައިގެންކަމަށް މި ސަރުކާރުން ބުނި ކަމަށާ، ކަން އެހެން އޮތް އިރު އައިސީޖޭގައި ރާއްޖެ ތަމްސީލު ކުރުމަށްވެސް އެ ވަކީލުން ފޮނުވަން ޖެހުނީ ކީއްވެތޯ ސުވާލު ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ޤާނޫނީ ކަންކަން ހިނގާ ގޮތަކީ ކްލައިންޓުން ބޭނުންވާ ގޮތަށް ވަކީލުން ސްޓޭންޑު ނެގުން ކަމަށެވެ. އަދި އޭރު ކްލައިންޓަކީ ނިމިދިޔަ ސަރުކާރުކަމަށާ، އެ ވަކީލުން އޭރު ނެންގެވީ އެ ސަރުކާރުގެ ސްޓޭންޑް ކަމަށެވެ. 

އަދި، ބަޔާނުގައި އޮންނާނީ ނިމިދިޔަ ސަރުކާރުގެ ވާހަކަ ކަމަށާއި، އެއްވެސް ވަރަކަށް ވަކީލުންގެ ވާހަކަ ބަޔާނުގައި ނޯންނާނެކަން ފާހަގަ ކުރައްވައި އުޝާމް ވަނީ އެ ބަޔާނުގައި ލިޔެފައިވާ ވާހަކަތައްވެސް ބަޔާން ބަލައިގެން ކިޔުއްވައި ދެއްވާފައެވެ.

"އެޓާރނީ ޖެނެރަލްގެ އޮފީހުން ނެރުނު އެއްވެސް ބަޔާނެއްގައި ނޯންނާނެ ވަކީލުންގެ ވާހަކަ ލިޔެފައެއް. ނޫސް ބަޔާނުގައި އަޅުގަނޑުމެން ލިޔެފައި އޮންނާނީ އޭރުގެ ދިވެހި ސަރުކާރުން ރަނގަޅު ޕޮޒިޝަން ނަގާފައި ނުވާ ވާހަކަ. އެއްވެސް ހާލެއްގައި ދައުލަތް ރިޕްރެސެންޓް ކުރި ވަކީލުންނާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއްވެސް ނޯންނާނެ." ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.