ރޭގެ ކެންޕެއިން ޖަލްސާގައި ސަޢީދު ވާހަކަދައްކަވަނީ-- ފޮޓޯ/އެމްޑީޕީ
ހަބަރު
07 Mar 2024 | 11:40
ގޯހެއް ހެދިއްޖެކަން ރައްޔިތުންނަށް މިހާރު އެނގޭ: ރައީސް ޞާލިހު

ވެރިކަން ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ވެރިކަން ހޯދައިދިނުމަކީ ހެދުނު ގޯހެއްކަން ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މާލޭ ކެމްޕޭނު އޮފީސް ހުޅުއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ދެއްކި ހުވަފެނާއި، ހެދި ދޮގުތަކާއި އޮޅުވާލުންތަކުގެ ހަގީގަތް މިހާރު ރައްޔިތުންނަށް ހާމަވަމުންދާ ކަމަށެވެ.

"އަޅުގަނޑު މިކުރާ ދަތުރުތަކުގައި ރަށްރަށުން ވެސް ލިބެނީ ހަމަ އެ މެސެޖު. ގޯހެއް ހެދިއްޖެކަން ރައްޔިތުންނަށް ގަބޫލުކުރެވޭ. ގަބޫލުކުރެވޭ ވަރަށް އެބޭފުޅުން އެކަންތައް ކޮށްފި. ރައްޔިތުން ތިބީ މި ހެދުނު ގޯހުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ތައްޔާރަށް. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ޔަގީން މި މަޖިލީހުގެ އިންތިހާބު ނިމިގެން ދާއިރުގަ އަޅުގަނޑުމެންނަށް ގިނަ ގޮނޑިތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބިގެންދާނެ،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މިސަރުކާރު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެވެން އޮތް ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ.

"އޭރުވެސް ހެދީ ދޮގު. މިހާރު ވެސް ހަދަމުން ދަނީ ދޮގު. އަޅުގަނޑަށް ޔަގީން ފުރުސަތު ދިން ވަރަކަށް ދާނީ އަނެއްކާވެސް ދޮގު ހަދަމުން. ދޮގު ހަދަމުން ހަދަމުން ގޮސް ކައިރީގައި ތިބި ބޭފުޅުން ލައްވަ ވެސް ދޮގު ހަދުވަމުން އެދަނީ. އެއް ދޮލަނގުފުރި ބަންޑުންވަމުން މިހާރު އެދަނީ،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ކަންމިހެން ހުރުމުން، ސަރުކާރު ޖަވާބު ދާރީ ކުރުވައި، ރައްޔިތުންނަށް ސަރުކާރު ތެރޭގައި ކަން ހިނގާ ގޮތް އޮޅުން ފިލުވައިދިނުމަށް ފަސޭހަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ޞާލިހު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރެވެން ޖެހޭނެ. ވަޒީރުންނާއި ސުވާލު ކުރެވެންޖެހޭނެ. ހަމަ މަގަށް އެޅޭ މަސައްކަތް ތަކުން ނަތީޖާ ނުނިކުންނަ ނަމަ، ދެން ކުރަންޖެހޭ ކަންކަންވެސް ކުރަންޖެހޭނެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވި ގޮތުގައި، އިދިކޮޅު މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ވަރަށް ރަނގަޅު ޢަޒުމެއްގައި ކެރިގެން މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. އަދި ސަޢީދަކީ އެފަދަ ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަޢީދަށް ވަރަށްބޮޑަށް ތަޢުރީފް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.