މުހައްމަދު އިސްމާއިލް--ފޮޓޯ/ވޮއިސް
ހަބަރު
07 Mar 2024 | 16:51
ވިލިމާލޭ ދާއިރާގެ ސަރުކާރު ކެންޑިޑޭޓް، މުހައްމަދު އިސްމާއިލް، ދާއިރާއަށް ދެއްވާ މާހެފުމެއް މާދަމާ ރޭ!

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލޭ ދާއިރާއަަަށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އިސްމާއިލްގެ ފަރާތުން ދާއީރާގެ ރައްޔިތުންނަށް ދެއްވާ ހާއްސަ މާހެފުމެއް މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

މުހައްމަދު އިސްމާއިލްގެ ކެންޕެއިން ޓީމުން ބުނެފައިވާ ގޮތުން، ވިލިމާލޭގެ ރައްޔިތުންނަށް ދެއްވާ މި މާހެފުން އޮންނާނީ މާދަމާރޭ 21:30 ގައި އުއްމީދީ ޖަގަހައިގައި ކަމަށެވެ. 

އެ ޓީމުން ވަނީ ދާއީރާގެ ހުރިހާ ރައްޔިތުންވެސް މާހެފުމުގައި ބައިވެރިވުމަށް އުއްމީދީ ޖަގަހައަށް އައުމަށް އެދިފައެވެ. 

ވިލިމާލޭ ދާއިރާއަށް ވާދަކުރާ 4 ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އިސްމާއިލް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. 

ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީންގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެކޯލިޝަނުން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވިލިމާލޭ ދާޢިރާގެ ޓިކެޓް މުހައްމަދު އިސްމާއިލް ކަށަވަރު ކުރެއްވީ އެ ދާއިރާއަށް ވޯޓްލީ 459 މީހުންގެ ތެރެއިން 300 މީހުން ވޯޓުންނެވެ. 

އެ ދާއީރާއަށް ކުރިމަތިލާން ފޯމު ލުމަށްފަހު، ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން ތިބީ މިހާރު އެއޮތް މަރުހަލާއިން އެހެން މަރުހަލާ އަކަށް ގެންދިޔުމަށް ބޭނުންވެފައި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެ ދާއިރާ އަށް ކުރިމަތި ލުމަށް ރައްޔިތުން އެދުނު ކަމަށެވެ.

ހަމައެހެންމެ ވިލިމާލޭގެ އެކި އުމުރުފުރާ ތަކާއި ގުޅޭ ތިމާވެއްޓާއި ރައްޓެހި މާހައުލެއް ދަމަހައްޓައިދީ، ރައީސް ޑރ.މުއިއްޒުގެ ތަރައްގީއަށް ވިލިމާލޭ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.