ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު-- ފޮޓޯ/ ވޮއިސް
ހަބަރު
10 Mar 2024 | 14:03
އަލަށް އިމާރާތްކުރާ 50 ކައުންސިލް ކަނޑައަޅާނެ ގޮތުގެ ކްރައިޓީރިއާއަށް އާއްމުންގެ ޚިޔާލު ހޯދަނީ!

މިއަހަރުތެރޭގައި 50 ރަށެއްގައި، 50 ކައުންސިލް ޢިދާރާ ޢިމާރާތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެލެއްވި ވަޢުދާއި އެއްގޮތަށް، އަޅާ 50 ކައުންސިލް އިމާރާތް ކަނޑައެޅުމަށް މާރކްސް ދޭނެ ކްރައިޓީރިއާ ތައް ކަނޑައަޅައި، އާއްމުންގެ ޚިޔާލަށް ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ. 

ދާދިފަހުން ރައީސް މުޢިއްޒު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ، ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން، އިންވެސްޓަރ ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންނަށް މި ޚިދުމަތް ދޭންހުރި ކައުންސިލްތަކަށް ބޭނުންވާ މަރުކަޒުތައް އަޅައި ދިނުމަށްޓަކައި ފަށާ މަސްރޫއެއް، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ، ފަންސާސް ރަށެއްގައި ފަންސާސް ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ޢިމާރާތްކޮށްދޭނަށް" މަކުނުދޫގައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ގެ އުންމީދަކީ އަދި މަސައްކަތް ކުރައްވާނީ ކައުންސިލް އޮފީސް އިމާރާތްކުރުމުގެ މަސައްކަތް 50 ރަށުގައި އެއްފަހަރާ ފެށުމަށް ކަމަށެވެ.

އެކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވަމުން، މިއަދު ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިހާތަނަށް ރަށް ރަށަށް ކުރެވުނު ޒިޔާރަތްތަކުން، އަތޮޅުތަކާއި ރަށް ރަށުގެ ކައުންސިލްތައް އުމްރާނީ ގޮތުން ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ކަން ފާހަގަކުރެވުނު ކަމަށެވެ. 

އަދި އެކަން ހައްލު ކުރުމަށް ރައީސް ނިންމެވި ނިންމުމާއި އެއްގޮތަށް، އެ މަސައްކަތް ކުރެވޭނެ މަގުފަހިވެސް މިހާރު ކޮށްދެއްވާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަޅުގަނޑު މިހާރު މިވަނީ، މި 50 ކައުންސިލް ހޮވާނެ ގޮތުގެ ކްރައިޓީރިއާ ޑިވެލޮޕް ކޮށްފައި. އަޅުގަނޑުމެން އިރާދަކުރެއްވިޔާ އަންނަ ހަފްތާގެ ތެރޭގައި، އެ ކްރައިޓީރިއާ އާއްމުންގެ ކޮމެންޓަށް ހުޅުވާލާނަން. އަޅުގަނޑުމެން އެ ބޭނުން ކުރާނީ އިތުރު ރުބްރިކޭޓް މާކްސް ދޭނެ ގޮތް ކަނޑައެޅި އޭގެ މައްޗަށް ބިނާކޮށް. 

އާދަމް ޝަރީފް ޢުމަރު 

މިއާއެކު ޝަރީފް ވަނީ އަލަށް އަޅާނެ ކައުންސިލް ހޮވުމަށް މިހާރު ކަނޑައަޅާފައި ކްރައިޓީރިއާ ތައްވެސް ހާމަ ކުރައްވާފަ އެވެ. އެއީ؛

1) ރަށުގެ އާބާދީއަށް 20 އިންސައްތަ

2) ކައުންސިލް ތަކުގެ ވަސީލަތް ހުރި މިންވަރަށް 20 އިންސައްތަ

3) އިމާރާތުގެ ހާލަތަަށް 20 އިންސައްތަ 

4) ކައުންސިލްގައި މަސައްކަތް ކުރާނެ ޖާގަ ނެތް ނަމަ 10 އިންސައްތަ

5) މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ނެތް ނަމަ 10 އިންސައްތަ 

6) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތް ކުރާނެ ޖާގަ ނެތް ނަމަ 10 އިންސައްތަ 

7) ކަންގަތި އެވޯޑް ހާސިލް ކޮށްފައި ވާނަމަ 10 އިންސައްތަ 

މީގެ އިތުރުންވެސް މާކްސް ދޭނެ ގޮތުގެ އިތުރު ރުބްރިކެއްވެސް ހެދިފައިވާ ކަމަށާ، އެ ވެސް ފަހުން އާއްމު ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.