މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލު ތަކަށް ޒުލްފާ ޖަވާބު ދެއްވަނީ-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
10 Mar 2024 | 15:53
އިންކުއަރީ ނަހަދައި، ބަޔާން ބާތިލް ކުރާން އެންގީ ލަސްވެ މުޢާލާތް ކެނޑޭނެތީ: ޑރ.ޒުލްފާ

ނ.ކެނދިކުޅުދޫ ކައުންސިލުން، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނެރުނު ނޫސް ބަޔާން ބާތިލް ކުރަން އެންގީ ލޯކަލް ގަވަމެންޓް އޮތޯރިޓީ, އެލްޖީއޭ އަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށާ، އެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދަން އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދިޔައީ ކަމުގެ މުއާލާތް ކެނޑިދާނެތީ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެެއެވެ. 

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރުމަށް ޒުލްފާ ސޮއި ކުރައްވައި ފޮނުއްވި ސިޓީގެ މައްސަލައިގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އެލްޖީއޭ އިން ބަޔާން ބާތިލުކުރުމަށް އަންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެކަމާއި ގުޅިގެން، ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ބަންޑާރަ ނާއިބު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވާ އިރު އެކަމުގައި އެލްޖީއޭގެ ސީއީއޯ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް އެދިފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޒުލްފާ ވަނީ ކައުންސިލުން ތަކުން ނިންމާ އެފަދަ ގަރާރު ތަކާއި، ނިންމުންތަކާއި އެންގުންތައް ނެރެންވާނީ، ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުން ކަމަށް 2022 ވަނަ އަހަރު އެލްޖީއޭއިން ކައުންސިލް ތަކަށް އަންގާފައިވާ ކަން ފާހަގަކުރައްވާފައެވެ. 

"އެ އެންގުން އެހެން އޮއްވާ ކައުންސިލުން ބަޔާން ނެރުނީ." ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގައި އެއްވެސް ފަރާތްތެއްގެ ނަމާއި ސޮއި ކޮށްފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވައި ޒުލްފާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޒުލްފާ ވިދާޅުވީ، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ބަޔާނެއް ކަމަށް އޭނާގެ ޟަމީރު ގަބޫލުކުރައްވާ ކަމަށެވެ. 

ގާނޫނު ތަކަށްވުރެ މަތި އެއްޗެއް ގާނޫނު އަސާސީ އަކީ. ގާނޫނު އަސާސީން، ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުން ހޮވާ ބޭފުޅެއް ރައީސުލްޖުމުހޫރިއްޔާ އަކީ. ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގައި 115 ވަނަ މާއްދާގައި އޮންނަ ހުރިހާ ބާރެއް ރައްޔިތުން މި ހަވާލު ކުރަނީ، ފަސް އަހަރުގެ ދައުރަކަށް. އެހެންވީމާ ކައުންސިލު ތަކުންވެސް، އެ އޮފީހަށް ލިބެންޖެހޭ ގަދަރާއީ ކަރާމާތް، ދަމަހައްޓަން ޖެހޭނެ ކަމުގައި އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރަނީ. މިއަދު (އެލްޖީއޭ) ހިންގުމާއި ހަވާލުވެހުރި ސީއީއޯގެ ހައިސިއްޔަތުން އަޅުގަނޑު އެ އަވަސް ފިޔަވަޅު އެޅީ. 

ޑރ. މަރިޔަމް ޒުލްފާ

ޒުލްފާ ވިދާޅުވީ، އެފަދައިން އެންގުމަކީ ލާމަރުކަޒީ ނިޒާމުން ލިބިދޭ ބާރުތައް ހަނި ކުރުންވެސް ނޫން ކަމަށާ، ކައުންސިލް ތައް ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވާއިރު، ކައުންސިލް ތަކުން ކުރާ ކަންކަން ބަލައި އެކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެލްޖީއޭއިން އަޅަން ޖެހޭ ކަމަށެވެ. 

އެއީ ގާނޫނުން އަޅުގަނޑުމެންނަށް މަތިކޮށްފައި އޮންނަ ޒިންމާއެއް. އެ ޒިންމާގެ ދަށުން އަޅުގަނޑު އެ ސިޓީ ފޮނުވީ. 

ޑރ. މަރިޔަމް ޒުލްފާ

މީގެ އިތުރުން، އެފަދަ ނިންމުން ތަކަކީ ބޯޑުން ނިންމަންޖެހޭ ނިންމުން ތަކެއް ކަމަށް ބުނާއިރު، ބޯޑު މީޓިންގ އެއް އެންމެ ފަހުން ބޭއްވުނީ ފެބްރުއަރީ 29 ގައި ކަމަށްވެފައި ދެން އެންމެ އަވަހަށްވެސް އެފަދަ މީޓިންގ އެއް ބޭއްވޭނީ މާރިޗު 29 ގައި ކަން ޒުލްފާ ފާހަގަކުރެއްވި އެވެ. އަދި އެހާ ދުވަސް ވުމުން، އެ ކަމުގެ މުޢާލާތް ކެނޑިގެން ދާނެ ކަމަށާށ އެހެން ކަމުން އަވަސް ފިޔަވަޅު އެޅުއްވީ ކަމުގެ ހައްސާސް ކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ބޯޑަށް ގެންދިއުމުގެ މަރުހަލާ ދެން އަންނާނީ މާޗު މަހުގެ 29 ގައި ކަމަށް ވާތީ އެ ދޭތެރޭގައި އެހާ ދުވަސް ވާނެތީ އެ މައްސަލައިގެ ހައްސާސް ކަމުން، ބޯޑާ ހިސާބަށް ގެންދެވޭއިރު އޮންނާނީ އެކަމުގެ މުއާލާތް ކެނޑިފައި ދެއްތޯ. އެހެންވެ އިދާރާ ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ އެންގުން އެންގީ،" 

ޑރ. މަރިޔަމް ޒުލްފާ

މީގެ އިތުރުން ޒުލްފާ ވިދާޅުވީ، އެ މައްސަލާގައި ބަންޑާރަ ނައިބުގެ ސިޓީއެއް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އަދި ފޯނުން ގުޅުއްވައި ވެސް އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު ސުވާލު ކުރެއްވި ކަަމަށެވެ. އެކަމާ ގުޅޭ ގޮތުން، ގާނޫނުގައި އޮންނަނީ އިންކުއަރީ ހަދަން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ޒުލްފާ ވިދާޅުވި އެވެ.

"ދެން އިންކުއަރީ ހެދުމަކީ ދިގު މަރުހަލާތަކަކަށް ފަހު ކަޑައްތުކުރަންޖެހޭ ކަމެއް،" ޒުލްފާ ވިދާޅުވެ އެވެ.

ޒުލްފާ މިހެން ވިދާޅުވެފައި ވާއިރު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ އެލްޖީއޭގެ ފަރާތުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި