މާލޭ މަގުމަތިން ކުނި ނަގަނީ-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
11 Mar 2024 | 11:16
އިއްޔެ އެކަނިވެސް މާލެ މަގުމަތިން 59 ޓަނަށްވުރެ ގިނަ ކުނި ނަގައިފި

އިއްޔެ އެކަނި ވެސް މާލޭ މަގުމަތިން 59 އަށްވުރެ ގިނަ ޓަނުގެ ކުނި ނެގުނު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އެކަނިވެސް ޖުމްލަ 59.6 ޓަނުގެ ކުނި މާލޭ މަގުމަތިން ނަގައި އުކާލާފައިވާ ކަމަށެވެ.

އެގޮތުން މުޅި ޖުމްލަ 51 ޕިކަޕުގެ ކުނި އުކާލެވިފައިވާ ކަމަށާ، އެގޮތުން އުކައިލާފައިވަނީ:

350 ޓަނުގެ 26 ޕިކަޕު

1.5 ޓަނުގެ 16 ޕިކަޕު

3 ޓަނުގެ 7 ޕިކަޕު

3.5 ޓަނުގެ ޕިކަޕެއް

2 ޓަނުގެ ޕިކަޕެއް

ރަމަޟާން މަހަށް ގެތަށް ސާފުކޮށް ގޭގޭގައި އުފެދޭ ކުނިތައް މަގު މައްޗަށް ނެރެފައި ބެހެއްޓުމުގެ ސަބަބުން މާލެ ގޮނޑަކަށް ވަމުންދާ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިންވެސް އާއްމުންނަށް ލުއި ތަކެއް ދީފައެވެ.

އެގޮތުން ވެމްކޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރޯދައާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާތީ، ކުނި އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން މާރިޗު 10 ވަނަ ދުވަހުގެ 18:00ން ފެށިގެން ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެތައް ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ މާރޗް 13 ވަނަ ދުވަހުގެ ރޭގަނޑު 12 ޖެހުމާއި ހަމައަށް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.