މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް
ހަބަރު
12 Mar 2024 | 13:09
ހުސްގޮނޑި ނުލައި މެންބަރުންގެ އަދަދު ގުނާ މާއްދަ އުވާލުމަށް އަސްލަމް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުލައި ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިތުރު ކުރެވުނު މާއްދާ އުވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހަޅުއްވައިފިއެވެ. 

މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ޖުމްލަ މެމްބަރުންގެ އަދަދު މާނަ ކުރާނެ ގޮތް ބަޔާންކޮށް މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރަން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މާއްދާ ބާތިލުކޮށް، ހަމަ އެމާއްދާގައި ހިމެނޭ ކަންކަން ހިމަނައިގެން އިތުރު މާއްދާއެއް މަޖިލީހުގެ ގަވާއިދަށް ވަނީ މާއްދާއެއް އިތުރު ކޮށްފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 29ގައި ނިންމާފައި ވަނީ މެމްބަރުންގެ ޖުމްލަ އަދަދު ގުނަން ވާނީ ހުސްވެފައިވާ ގޮނޑިތައް ވެސް ހިމަަނައިގެން ކަމަށާއި 49 ވަނަ މާއްދާއަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން އަސްލަމް ވަނީ އެކަން ފާހަގަކުރައްވައި، މެމްބަރުންގެ އަދަދު ހުސްވި ގޮނޑިތައް ނުހިމެނޭ ގޮތަށް ގުނަން، ފަހުން މަޖިލީހުގެ ޤަވައިދުގެ 242 ގެ (1) ގެނައި ބަދަލުގައި ވަނީ ހަމަ ސުޕްރީމް ކޯޓުން ބާތިލު ކުރި 49 މާއްދާގައި ވެސް ބުނާ ވާހަތަކަށް ވާތީ އެ މާއްދާ އުނިކޮށްދެއްވުމަށް އެދި އަސްލަމް ތަޅުމަށް ހުށަހެޅުއްވިއެވެ.

"މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާއަށް އަމަލުކުރެވެން ނެތް ކަމުގައި ދަންނަވަން. ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައެއް ނުވޭ. މަޖިލީހުގެ ގަވާއިދުގައި އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާ އިތުރުކޮށްފައިވާ މާއްދާއަށް މި އިއްޒަތްތެރި މަޖިލީހުން ގޮތެއް ނިންމަވައި އުވާލަދިނުމުގެ މައްސަލަ މި މަޖިލީހަށް ގެންނަން،" 

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް 

އަސްލަމްގެ އެ ހުށަހެޅުއްވުމާއި ގުޅިގެން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ވަނީ މަޖިލީހުން ފަހުން ގެނައި ބަދަލު ދެމި އޮންނާނެ ކަމަށާއި، މަޖިލީހުގެ ގަވާއިދަށް ފަހުން ގެނައި އިސްލަހާމެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު އެއަށް އަމަލުކުރެވޭނެ ކަމަށް ބުނެ ވާހަކަ ދައްކައިފައެވެ.

އެގޮތުން އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 87 ކަމަށް ބަލައިގެން މިއަދުގެ ކޯރަމް ގުނާފައިވާކަމަށް ރިޔާސަތުން އިއުލާނު ކުރުމުން އެ ވާހަކަ އަޑުއަހަން އުނދަގޫވިކަމަށެވެ. ވުޖޫދުގައި އޮތް މާއްދާއެއް، ނެތް މާއްދާއެއްކަމަށް ބަލައި ޖަލްސާ ފެއްޓެވުމުގައި އަސްލަމް އަމަލު ކުރެއްވި ގޮތަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.