ރައީސް ޑރ.މުހައްމަދު މުއިއްޒު---
ހަބަރު
12 Mar 2024 | 13:15
ހަފްތާ 14 އަށް ކަނޑައެޅި ހުރިހާ ވައުދެއްހެން އެވަނީ ފުއްދި ހާސިލް ކުރެވިފައި: ރައީސް ޑރ.މުއިއްޒު

ހަފްތާ 14 އަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދި ހާސިލްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ، ރައީސްގެ ޖަވާބު ޕްރޮގްރާމްގައި ވައުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާއި ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިގޮތުން އެފަރާތުން ވަނީ ރައީސް ޑރ.މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވީ، އެމަނިކުފާނު ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި، ރައްޔިތުން މިތިބީ ރައީސް ޑރ.މުއިއްޒު ގެ ވައުދުތައް ފުއްދުމަށް ވަގުތުދީގެން ކަމަށް ބުނެ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެ، ވޭތުވެގެން ދިޔަ މުއްދަތުގެ ތެރޭގައި ވައުދުގެ ކިތައް ޕަސެންޓް ފުއްދިއްޖެތޯ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ފުރަތަމަ 14 ހަފްތާ އަށް ކަނޑައެޅި 161 ވައުދުތަކުގެ ތެރެއިން ހުރިހާ ވައުދެއްހެން ވަނީ ކަނޑައެޅި ލަނޑުދަނޑިއާއި ހިސާބަށް ފުއްދި، ދެތިން ކަމެއް ނިމުމަކާއި ހަމައަށް ގޮސްފައި ކަމަށެވެ. އަދި 161 ވައުދުގެ ތެރެއިން 155 ވައުދަށް ވުރެ ގިނަ ވައުދު ކަނޑައެޅި މިންވަރަށް ހާސިލުވެފައިވާކަން ވެސް ރައީސް ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ވައުދުތައްވީ އިރާދަކުރެއްވިއްޔާ ހުރިހާ ވައުދެއްވެސް ފުއްދަން. އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް މަސައްކަތްތައް ވެސް މިކުރަނީ. ފުރަތަމަ 14 ހަފްތާ އަށް ކަނޑައެޅި 161 ވައުދެއް މި ވައުދުތަކުގެ ތެރެއިން ފުއްދުމަށްޓަކައި. އޭގެ ތެރެއިން ހުރިހާ ވައުދެއްހެން ވަނީ ކަނޑައެޅި ޓާގެޓާއި ހަމައަށް ފުއްދިފައި. ދެތިން ކަމެއް ހަމަ ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައިވަނީ. 161 ވައުދުގެ ތެރެއިން 155 ވައުދަށް ވުރެ ގިނަ ވައުދު ވަނީ ހަމަ އެއްކޮށް އެ ކަނޑައެޅި މިންވަރަށް ހާސިލުވެފައި."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

 ކުރިއަށް އޮތް ތަނުގައި ބައިވަރު ކަންތައްތައް ކުރަން ރާވާފައިހުރި ކަން ފާހަގަކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ، 14 ހަފްތާ އަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން، ކުރިއަށް އޮތް އަހަރަށް އަދި ކުރިއަށް އޮތް އަހަރުތަކަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅުން ހުރި ބައިވަރު މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން ވަރަށް ބާރު ސްޕީޑް ގައި ފެށިފައިވާ ކަމަށެވެ. 

މީގެ އިތުރުންވެސް 14 ހަފްތާ އަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދި ހާސިލް ކުރެވިފައިވާ ކަމަށާއި ރައީސް ޑރ.މުއިއްޒު  ވައުދުތައްވީ ހުރިހާ ވައުދެއްވެސް ފުއްދަން ކަމަށާއި، ހުރިހާ ވައުދުތަކެއް ވެސް ފުއްދިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.