އެމްޖީ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ އެކަޑަމީގެ ޕްރެކްޓިސް ސެޝަނެއްގައި ދަރިވަރުން ބައިވެރިވަނީ.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކްލަބު
ކުޅިވަރު
13 Mar 2024 | 21:38
އެމްޖީ ސްޕޯޓްސް އެކަޑެމީގެ ހޭންޑްބޯލް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޖީ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ކ.ކާށިދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެކުލަބުން ހުޅުވާލައިފި އެވެ.

އެމްޖީ ސްޕޯޓްސް ކްލަބުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އެކުލަބުން ކ.ކާށިދޫގައި ކުރިއަށް ގެންދާ 'އެމްޖީ ސްޕޯޓްސް އެކަޑެމީގެ ހޭންޑްބޯލް ޕްރޮގުރާމް" ގައި ދަރިވަރުން ބައިވެރިކުރުމަށް ބޭނުންވާ ބެލެނިވެރިންނަށް އަދި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު 11 މާރިޗު 2024 ވީ ހޯމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ގުރޭޑް 1 ފެށިގެން ގުރޭޑް 10 ގައި ކިޔަވަމުންދާ އަންހެން އަންހެން ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ މި ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރުމަށް ޝައުގުވެރިވެލައްވާ ބެލެނިވެރިން " އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 20 މާރިޗު 2024 ވާ ބުދަދުވަހުގެ 18:00 ގެ ކުރިން އެކުލަބަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ނެގުމާއި ހުށަހެޅުއްވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ކުލަބުގެ އިވެންޓް ކޯޑިނޭޓަރު އައިމަން މުހައްމަދު ( ފޯން ނަންބަރު : 7864088 / 9391646 ) އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ކުލަބުން އެދިފައި ވެއެވެ. 

މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ކުލަބުގެ ރަސްމީ ފޭސްބުކު ޕޭޖުން އަދި އިންސްޓަގްރާމް އެކައުންޓުން ފޯމުގެ ލިންކް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.