އޭސީސީ-- ފޮޓޯ: ޕީއެސްއެމް
ހަބަރު
14 Mar 2024 | 12:27
މިދިޔަ އަހަރު ނިމުނު އިރު އޭސީސީން ނިންމީ 358 މައްސަލަ

މިދިޔަ އަހަރު ނިމުނު އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖުމްލަ 358 މައްސަލަ ނިންމާފައިވާކަން އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

އޭސީސީ ގެ އަހަރީ ރިޕޯޓް އާއްމުކޮށްފައިވާއިރު، ރިޕޯޓުން ދައްކާ ގޮތުގައި އެ ކޮމިޝަނަށް 2023 ވަނަ އަހަރު 1,151 ޝަކުވާ ހުށައެޅިފައިވާއިރު، 742 މައްސަލަ އެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި ކޮމިޝަނުން އިސްނަގައިގެން ބަލަން 16 މައްސަލަ އެއް ކަނޑައެޅި އިރު، 365 މައްސަލައެއްގައި ވަނީ ޕްރިލިމިނަރީ މަރުހަލާގައި ގޮތް ނިންމާފައެވެ.

ހަމައެއާއިއެކު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އޭސީސީން 220 މައްސަލަ އެއް ތަހުގީގު މަރުހަލާއިން ނިންމި އިރު، އަހަރު ނިމުނު އިރު ބާކީ  ޕްރިލިމިނަރީ ތަހުގީގު މަރުހަލާގައި 786 މައްސަލައެއް ނުނިމި އޮތެވެ.

އެ ކޮމިޝަނަށް ހުށައެޅުނު މައްސަލަ ތަކުގެ ތެރެއިން ތަހުގީގު މަރުހަލާގައި ބާކީ ނުނިމި 999 މައްސަލަ އެއް އޮތް އިރު، 358 މައްސަލަ ނިންމާ، އިދާރާތަކަށް އިސްލާހު ކުރުމަށް 39 އެންގުން ވަނީ ފޮނުވާފައެވެ.

މީގެ އިތުރުންވެސް، އޭސީސީގެ އަހަރީ ރިޕޯޓް ދައްކާގޮތުގައި، އެ ކޮމިޝަނުން ދައުލަތަށް 74،159،720.53 ރުފިޔާ ހޯދައިދޭން ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި 234،531.57 ރުފިޔާ ވަނީ ދައުލަތަށް ހޯދައިދީފައެވެ.

އޭސީސީން ބުނީ 2023 ވަނަ އަހަރަކީ ޖުމްލަ ގޮތެއްގައި އެ ކޮމިޝަނަށް ކާމިޔާބު އަހަރެއް ކަމަށާއި، އޭގެ ތެރޭގައި 2023 ވަނަ އަހަރު އާންމުން ކޮރަޕްޝަނާއި މެދު ދެކޭ ގޮތް ބެލުމަށް ކުރެވުނު ދިރާސާ ހިމެނޭ ކަމަށެވެ. އަދި މި ދިރާސާގެ އަލީގައި، ކޮރަޕްޝަން ހުއްޓުވުމާއި، ކޮރަޕްޝަން ހިނގުމަށް މަގުފަހިވާ ކަންކަން ވެސް ހުއްޓުވައި، މަސައްކަތްތައް ތަރުތީބު ކުރެވޭނެ ކަމަށް އޭސީސީން ބުނެއެވެ. މީގެ އިތުރުންވެސް، ފާއިތުވެދިޔަ އަހަރު، އޭސީސީ ގެ ތަހުގީގުތައް އަވަސްކޮށް، ފެންވަރުމަތި ކުރުމަށް އިޖުރާއީ ބަދަލު ތަކެއް ވެސް ގެނެވުނު ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.