އާ އެމްބިއުލަންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭން-- ފޮޓޯ: ރައީސް ޑރ.މުހައްމަދު މުއިއްޒު
ހަބަރު
14 Mar 2024 | 13:11
އެއާ އެމްބިއުލަންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭން ގެ ފޮޓޯ ރައީސް ޑރ. މުއިއްޒު އާއްމުކުރައްވައިފި

ބަލި މީހުން އުފުލުމަށް، އެއާ އެމްބިއުލަންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭންގެ ފޮޓޯ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއްމުކުރައްވައިފިއެވެ.

އެއާ އެމްބިއުލަންސް ގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސީޕްލޭން ގެ ފޮޓޯ ރައީސް ޑރ.މުއިއްޒު އާއްމުކުރައްވާފައި ވަނީ އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ.މުއިއްޒު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅު ތަކުގައި، ނ.މަނަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެއާ އެމްބިއުލެންސް އެއްގެ ގޮތުގައި ސީޕްލޭނެއް ވެސް އެތެރެ ބަދަލުކޮށްގެން ބޭނުން ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސީޕްލޭން ދުއްވާނީ ދުވާލު ގަޑީގައި ކަމަށާއި، ސީޕްލޭން ގެ ސަބަބުން ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކުރުމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އެއާ އެމްބިއުލަންސް ގެ ހިދުމަތް ފެށީ، މި މަހުގެ 1 ވަނަ ދުވަހުއެވެ.

މި ހިދުމަތަށް މިހާރު ބޭނުން ކުރަމުން އަންނަ ބޯޓަކީ މޯލްޑިވިއަން ގެ ޑޭޝް 8 ގެ މަތިންދާ ބޯޓެކެވެ. ބަލި މީހުން އުފުލޭގޮތަށް ބޯޓުގެ އެތެރެއަށް ބަދަލު ގެނެސްފައިވާއިރު މި ބޯޓުން އެއްފަހަރާ ދެ ބަލިމީހުން ވެސް އުފުލެއެވެ. އަދި އެ ބޯޓުގައި ލަންކާ އާއި ހިސާބަށް ވެސް ބަލި މީހުން އުފުލޭނެ ކަމަށާއި، ލަންކާ އަށް މަޑުކުރުމަށްފަހު ތެޔޮ އަޅައިގެން އަދި އެއަށްވުރެ ދުރަށް ވެސް ދެވޭނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒު ވަނީ އެއާ އެމްބިއުލެންސް ގެ ހިދުމަތާއި އެކު އޭރުން އޮންނާނީ މޯލްޑިވިއަން އިން އޮޕަރޭޓް ކުރާ ދިވެހި ރާއްޖޭގެ އަމިއްލަ ބޯޓެއް ކަމަށާއި ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ކުއްލި ހާލަތުގައި ބަލި މީހުން، އެ ބޯޓު މެދުވެރިކޮށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާ އެމްބިއުލެންސް ގެ ހިދުމަތާއި އެކު ، ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް ކޮންމެ ރަށަކުންވެސް، މެޑިކަލް އިވެކިއުއޭޝަނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމުގެ ގާބިލުކަން ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.