ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
16 Mar 2024 | 09:11
ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީ ދާނީ ދުވަހެއް ދުވަހަކަށް މަތި ކުރެވެމުން: ރައީސް ޑރ.މުއިއްޒު

ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީ ދާނީ ދުވަހެއް ދުވަހަކަށް މަތި ކުރެވެމުން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދިފާއީ ބާރުގެ ވައިގެ ކޯ އާއި އަސްކަރީ ޑްރޯންތައް އިފްތިތާހްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކޯސްޓްގާޑަށް އެކި ސައިޒުގެ އުޅަނދުތައް ހޯދައިދިނުމުގެ މަސައްކަތް މިހާރު ވެސް ތުރުކީ ސަރުކާރާއި އެކީގައި ކުރިއަށްދާ ކަމަށާއި، ތުރުކީގެ އިތުރުންވެސް، އެކުވެރި އެހެން ގައުމު ތަކާއި އެކު ވެސް އެކަމާއި ގުޅުން ހުރި މުއާމަލާތްތައް ކުރެވެމުންދާ ކަމަށެވެ.

"އެކި ސައިޒުގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދައިދީ، މިހާރު ވެސް އެ މަސައްކަތް އެބަ ހިނގާ، ކުރިން ދެންނެވި ފަދައިން އަޅުގަނޑުމެންނާ ވަރަށް ގާތް ތުރުކީގެ ސަރުކާރާ އެކީގައި. އަދިވެސް އެކުވެރި ބައެއް ގައުމުތަކާ އެކީގައި އެ މުއާމަލާތްތައް ކުރެވެމުން ދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް އިރާދަކުރެއްވިއްޔާ ދާނީ ދުވަހެއް ދުވަހަކަށް މަތި ކުރެވެމުން،" 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޯސްޓް ގާޑުގެ ބޭނުމަށް ދުއްވާ ކުދި 10 ވަރަކަށް އުޅަނދު އޮތް އިރު ބައެއް ތަކެތި ހުރީ ބޭނުން ނުކުރެވޭ ހާލަތުގައިކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިކަން ބަލައިނުގަނެވޭ ކަމަށާއި މިއީ ދިވެހިންނަށް ހައްގު މިންވަރު ނޫން ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަސްކަރިއްޔާ އަށް ތައާރަފްވެގެން ދިޔަ އެމްއެންޑީއެފް އެއާ ކޮޕްސްއާ އެކު، ވައިގެ ސިފައިންގެ ބޭނުމަށް އިތުރު އުޅަނދުތައް ހޯދުމުގެ އިތުރުން ކަނޑާއި އެއްގަމުގެ އުޅަނދުތައް ވެސް ކުރިމަގުގައި އިތުރުވާނެ ކަމަށެވެ. މީގެ ބޭނުމަކީ މި ގައުމަކީ ފަހުރުވެރި ދިވެހި ގައުމެއްކަން އަމިއްލަ އަށް އިހުސާސްވުން ކަމަށާއި، އެއީ ކޮންމެ މީހެއްގެ ވެސް ހައްގަކަށް ވާއިރު، އެކަން ކުރުމަކީ އެމަނިކުފާނުގެ ޒިންމާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަހުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއިއެކު، ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ވަރަށް ފަލޮކޮށް ކަމަށް ވިދާޅުވެފައިވާނެކަމަށާއި، އެ ރަތް ރޮނގުގެ އެތެރެއަކަށް އެއްވެސް ބަޔަކަށް ވަނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ކުރާ މަސައްކަތްތަކާ ގުޅިގެން އެއްވެސް ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ރާއްޖެ އިން ހުރިހާ ގައުމަކާ އެކު ވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށް ވެސް ރޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.