ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Mar 2024 | 19:58
ރައީސް ޑރ.މުއިއްޒު އަކީ ދިވެހި ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް: ވަޒީރު ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ދިވެހި ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އެއާކޯގެ ހިދުމަތް އިފްތިތާހު ކުރުމާ ގުޅިގެން ވަޒީރު ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ބޮޑެތި ވައުދުތަކާއި އެކު ކަމަށާއި، ކޮންމެ ވައުދެއްވެސް ވީ އެ ވައުދެއް ފުއްދާނެ ކަމުގެ އިޚްލާސްތެރި ހެޔޮ ނިޔަތުގައި ކަމަށެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަނީ ވައުދުތައް ފުއްދުމުގެ މަސައްކަތްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ޑރ.މުއިއްޒު އަކީ ދިވެހި ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް. ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ވައުދުތަކާއި އެކު ކޮންމެ ވައުދެއްވެސް ވީ އެ ވައުދެއް ފުއްދާނެ ކަމުގެ އިޚްލާސްތެރި ހެޔޮ ނިޔަތުގައި. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ކުރައްވަނީ ވައުދު ފުއްދުމުގެ މަސައްކަތް." 

ވަޒީރު ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފައިސަލް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދީ ފުދުންތެރި ރައްޔިތުން ދިރިއުޅޭ ދިވެހިވަންތަ ދިވެހީންގެ ދިވެހި ރާއްޖެ އެއް ހޯދައިދިނުމަކީ ރައީސް ޑރ.މުއިއްޒުގެ އަމާޒު ކަމަށެވެ.

ރޭގައި ދިވެހި ރާއްޖޭގެ ދިފާއީ ބާރު ގެ އެމްއެންޑީއެފް އެއާކޯ އާއި އެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޒަމާނީ ޑްރޯންތަކެއް އިފްތިތާޙް ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.

ރޭ އިފްތިތާހް ކުރެވިގެން ދިޔަ ދިވެހި ސިފައިންގެ ވައިގެ ބާރު "އެމް.އެން.ޑީ.އެފް އެއަރ ކޯރ" އުފެދުމާއެކު، ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ނެރުނު ނަމަވެސް ސަރުކާރުގެ އަމާޒަކީ މޭންޑް އަދި އަންމޭންޑް ސިސްޓަމްތައް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކޮށް، ސިފައިންގެ ވައިގެ ޚިދުމަތް ދައުލަތުގެ ފުދުންތެރިކަން ތަންދޭ މިންވަރަކުން ތަރައްޤީކުރަމުން ގެންދިއުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.