ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ / ދިޔަރެސް
ހަބަރު
18 Mar 2024 | 02:52
ޓެލެގްރާމް ގްރޫޕްގައި 7000 މީހުން، ހަށިވިއްކަން ބޭނުން ކުރީ ހާއްސަ ޓޭކްސީއެއް!

"ޖަޒީރާ" ޓެލެގްރާމް ގްރޫޕުގައި 7000 މިހުން ތިބިކަމަށާއި ހަށިވިއްކުން ޕްރޮމޯޓްކޮށް އެކަން ކުރަން ހާއްސަ ޓެކްސީއެއް ގެންގުޅުންކަމަށް ފުލުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފިއެވެ.

މިދިޔަ އަހަރު އޭޕްރިލް މަހުން ފެށިގެން، ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ސްކޭމް އެލާޓް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ލިންކް ހަބަރު" އަދި "ޖަޒީރާ ގްލާސް"ގެ ނަމުގައި ހިނގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަަލަ މި މަހު 6 ވަނަ ދުވަހު ތަހުގީގުކޮށް 2 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިކަމުގައި ތުހުމަތު ކުރެވޭ 4 ތަނެއް ފުލުން ބަލާ ފާސްކޮށް، ހައްޔަރު ކޮއްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 39 އަހަރުގެ ދިވެހި އަންހެނެށްކަމަށާއި، ހައްޔަރު ކުރެވުނު 2 މީހުން ތެރެއިން އެކަކަކީ މީގެ ކުރިން ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް ކުރެވިފައިވާ މީހެއްކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ.

މި ޗެނަލްގައި ދުވާލުގަޑީ ހަށިވިއްކުމާއި، މަސްތުވާތަކެެއްޗާއި، ސެކްސް ޓޯއީސް، ޕޯލްސް ޑޮކިއުމަންޓާއި، މި ކަންކަމަށް މަގުފަހި ކުރުމަށް ޕޯސްޓަރތައް ހަދާއި އިޝްތިހާރު ކޮއްފައިވާކަމަށް އިންވެސްޓިގޭޝަން އޮފިސަރ އައިމިނަތު މުހައްމަދު ވިދާޅުވިއެވެ.

"މި ޗެނަލް މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި މިކަހަލަ ކަންކަން ހިނގި ޗެނަލް. މި ޗެނަލްގައި ހަތްހާހަށް ވުރެއްގިނަ މީހުން ތިބިކަމަށް ލަފާކުރެވޭ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭކަން ފާހަގަ ކޮއްލަން"

އިންވެސްޓިގޭޝަން އޮފިސަރ އައިމިނަތް މުހައްމަދު

ފުލުހުން ދިން ޕްރެސް ކޮންފަރެންސްގައި އިންވެސްޓިގޭޝަން އޮފިސަރ އައިމިނަތް މުހައްމަދު ވާހަކަ ދައްކަނީ

މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ ކަންކަން ކުރަނީ ޓެކްސީ ޑްރައިވަރަކާއި ގުޅިގެން ކަމަށާއި ވަކި ހާއްސަ ޓެކްސީއެއް އެކަމަށް ގެންގުޅޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަށިވިއްކުމަށް ބޭނުން ކުރާ ޓެކްސީ އަކީ މާލެ ތެރޭ އާންމުކޮށް ދަތުރުތައްކޮށް އުޅޭ ޓެކްސީއެއް ކަމަށާއި އެހެންނަމަވެސް މި ޓޭކްސީ އަކީ މި މައްސަލާއިގާ ތުހުމަތު ކުރެވޭ މީހުން ބޭނުން ކުރާ ޓެކްސީ ކަމަށާއި މި ކަން ކުރަމުން ދަނީ ޓެކްސީ ޑްރައިވަރާ ވެސް ގުޅިގެން ކަމަށް ފުލުހުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރިއެވެ.

ހަށިވިއްކުމުގެ މައްސަލާއިގާ ހައްޔަރު ކުރެވުނު 2 މީހުންނަކީ އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށާއި ނަމަވެސް ބޮޑެތި އަދަދުތަކުން ފައިސާގެ ޓްރާންސެކްޝަންތައް ހަދާފައި ވާކަމަށާއި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އެކައުންޓުން، އެކެއްގެ އެކައުންޓުން އަނެކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓަރާންސްފާ ކޮއްފައި ވާކަމަށް ފުލުހުން މި ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން މައްޗަށް ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި މަނީ ލޯންޑަރިން އާއި ހަށިވިއްކުން ޕްރޮމޯޓް ކުރުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބެހުމުގެ އިތުރުން ފޭކު ޑޮކިއުމަންޓާއި ހޮސްޕިޓަލް ތަކުގެ ނަމުމުގައި ފޭކު އެމްސީ ހައްދައިދިނުމުގެ މައްސަލައަށް ތުހުމަތު ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.