ހައިލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން— ފޮޓޯ/ވޮއިސް
ހަބަރު
18 Mar 2024 | 06:27
ހައިލެވެލް ކޯ ގްރޫޕްގެ ތިންވަނަ ބައްދަލުވުން ބާއްވައިފި؛ އިތުރު ބައްދަލުވުމެއް އިންޑިޔާގައި ބާއްވަން ނިންމައިފި!

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ދެގައުމުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ ހައިލެވެލް ކޯ ގްރޫޕްގެ ތިންވަނަ ބައްދަލުވުން އިއްޔެ ރާއްޖޭގައި ބާއްވައިފިއެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. 

އެ ބައްދަލުވުމާއި ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯ ގްރޫޕުގެ ބައްދަލުވުމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ފަހު ޑޯނިއާ މަތިންދާބޯޓާއި ހެކިލޮޕްޓަރުތައް ދުއްވަން އިންޑިއާގެ މަދަނީ މީހުންނާ ހަވާލުކުރުމުގައި ދެގައުމަށް ހޯދިފައިވާ ކުރިއެރުމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާކަމަށެވެ.

އަދި މިހާރު އިންޑިޔާ ސިފައިން ތިބި ދެ ޕްލެޓްފޯމުން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ސިފައިން ބާލާ މަދަނީ މީހުން ގެންނާނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ބައްދަލުވުމާއި ގުޅިގެން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން އާއްމުކުރި ނޫސް ބަޔާނެއްގައިވާގޮތުން އެ ބައްދަލުވުމުގައި ރާއްޖެއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް، މަދަނީ މީހުންނާއެކު ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ.

ހަމަ އެހެންމެ، ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، އަދި ދެގައުމުގެ ދެމެދުގައި އެކި ރޮނގު ރޮނގުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

އެގޮތުން، އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ހިންގުން އަވަސްކުރުމާއި، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވޭނެ ގޮތްތަކުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގާބިލުކަން އިތުރުކުރުމަށްވެސް މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. 

ރާއްޖެއާއި އިންޑިޔާއިންވެސް ނެރުނު ބަޔާނުގައި ކޯ ގުރޫޕުގެ އިތުރު ބައްދަލުވުމެއް ދެ ގައުމުން އެއްބަސްވާ ތާރީޚެއްގައި، ނިޔުދިއްލީގައި ބާއްވަން މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.