މެންބަރު އަހުމަދު އީސަ-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
18 Mar 2024 | 12:13
ޑްރޯން ގަތުމުގެ މުއާމަލާތުގައި ސިއްސައިގެންދާ ވަރުގެ ކޮރަޕްޝަންތައް ހިނގާފައިވާކަމަށް ޤަބޫލު ކުރެވޭ: އެމްޑީޕީ

ޑްރޯން ގަތުމުގެ މުއާމަލާތުގައި ސަރުކާރުން ސިއްސައިގެންދާ ވަރުގެ ކޮރަޕްޝަންތައް ހިނގާފައިވާކަމަށް ޤަބޫލު ކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ ޑްރޯންތަކާ ގުޅޭގޮތުން ފުރަތަމަ އިވިގެން ދިޔަ ޚަބަރަކީ 39 މިލިއަން ޑޮލަރު އެކަމަށް ޚަރަދުކުރި ވާހަކަ ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ދެފުށް ރައްޔިތުންނަށް އެގެންވާނެ ކަމަށެވެ.

"ދައުލަތުގެ ޓެކްސް ފައިސާއިން، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދު ދެފުށް ފެންނަ ތަފްސީލު ރައްޔިތުންނަށް އެނގެންވާނެ. އެހެންނޫންކަމަށް ވާނަމަ، ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ. މި މުއާމަލާތުގެ ތެރޭގައި ސިއްސައިގެން ދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައި އޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ."

އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، ސަރުކާރުން ގަނެފައިވަނީ 2 ޑްރޯން ކަަމަށާއި، ބާކީ ޑްރޯންތަކަކީ ތުރުކީ ސަރުކާރުން ހިލޭ ދިން އެއްޗެއް ކަމަށް އެކަމާ ގުޅޭ ރަސްމިއްޔާތުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާއިރު، އަސްކަރީ ވެބްސައިޓުތަކުން އެފަދަ ސަވައިލެންސް ޑްރޯންތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރި އަގުތައް ފެންނަންހުރި ކަމަށާއި 2 ޑްރޯން ގަންނަން 39 މިލިއަން ޑޮލަރު ޚަރަދުވާން ޖެހޭގޮތެއް ސާފު ނުވާކަމަށެވެ.

ސަރުކާރުން ޑްރޯން ގަތުމަށް ހަރަދުކުރީ ރަށްރަށުގައި ސަރުކާރުން ހިންގަމުން ދިޔަ 1700ށް ވުރެ ގިނަ މަޝްރޫއުތައް ހުއްޓުވާލާފައި ކަމަށާއި، ސަރުކާރުން ހުއްޓުވާލާފައިވާ މަޝްރޫއުތަކަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއުތަކެއްކަމަށް ވެސް އީސަ ވިދާޅުވިއެވެ.

އީސަ ވަނީ މިކަންކަން މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީންވެސް ބަލަންޖެހޭކަމަށާއި، އެކަން އެމްޑީޕީން ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދެފުއް ފެންނަ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު ރައްޔިތުންނަށް ވެވަޑައިގެންކަން ފާހަގަކުރައްވާ އީސަ ވިދާޅުވީ، ވެރިކަމަށް އާދެވުނު ފަހުން ސަރުކާރުން ހާމަ ކުރަައްވާނެކަމަށް ވިދާޅުވި އެއްވެސް އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކޮށްފައިނުވާ ކަމަށާއި އެ އެއްބަސްވުންތައް ކުރީ ސަރުކާރުތަކަށްވުރެވެސް ބޮޑަށް ސިއްރުކޮށްފައިވާއިރު، ވެރިކަމަށް ވަޑައިގެން ފަހުން ކުރެއްވި އެކި ދަތުރުފުޅުތަކުގައި ވެފައިވާ އެއްބަސްވުންތައް ވެސް މި ސަރުކާރުން ބޮޑުތަނުން ސިއްރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.