އައިއޭސީން ޔަމަނުގައި ސާފު ބޯފެން ފޯރުކޮށްދެނީ-- ފޮޓޯ: އައިއޭސީ
ހަބަރު
18 Mar 2024 | 13:46
އައިއޭސީން ޔަމަންގައި 1،600،000 ލީޓަރުގެ ސާފު ފެން ބަހަން ފަށައިފި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ދިވެހިންގެ އެހީގައި، ޔަމަންގައި 1،600،000 ލީޓަރުގެ ސާފު ފެން ބަހަން ފަށައިފިއެވެ.

ޔަމަނަކީ މުޅި ދުނިޔޭގައިވެސް ފެނުގެ ދަތިކަން އެންމެ ބޮޑު އެއް ޤައުމުކަމަށްވާއިރު އައިއޭސީން ބުނީ، އެގައުމުގެ ރައްޔިތުން ސާފު ބޯފެނާ ނުލާ އުޅޭތާ އެތަކެއް އަހަރުތަކެއް ވެއްޖެ ކަމަށެވެ. 

އެގޮތުން ޔަމަނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އެކަށީގެންވާ ފެން ނުލިބޭ މީހުންކަން ފާހަގަކޮށް، އައިއޭސީން ބުނީ، އެ ޖަމިއްޔާގެ ލޯތްބާއިއެކު ކެމްޕެއިންގެ ތެރެއިން ދިވެހިންގެ އެހީގައި ޔަމަންގައި 1،600،000 ލީޓަރުގެ ސާފު ފެން ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ ޔަމަނުގެ ރައްޔިތުންނަށް ދެވިގެންދާ ވަރަަށް ބޮޑު އެހީއެއްކަން ފާހަގަކުރަމުން އައިއޭސީން ބުނީ  ޔަމަނުގައި ދެމެހެއްޓިނިވި ގޮތެއްގައި ފެން ފޯރުކޮށްދިނުމަށް ފެނުގެ ވިއުގައެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން މި ޕްރޮޖެކްޓް ގެ އެހީގައި 1,160 އަށްވުރެ ގިނަ އާއިލާތަކަށް ސާފު ބޯފެން ފޯރުކޮށް ދެވިގެންދާއިރު، އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.