ވަޒީރު ޑރ އިސްމާއީލް ޝަފީޢު- ފޮޓޯ/ މަޖިލިސް
ހަބަރު
19 Mar 2024 | 13:34
މިނިސްޓްރީން އިތުރު ހަރަކާތައް ބާއްވަމުން ދިޔައީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމެއްނެތި: ޑރ. ޝަފީޢު

ނިމިދިޔަ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީން އިތުުރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރުވައި، ޓީޗަރުން މުޅިން ވަރުބަލި ކޮށްލާ އުސޫލުން ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝަފީއު މިހެން ވިދާޅުވެފައިވަނީ ދިރާސީ އައު އަހަރު ޖަނަވަރީ މަހުގައި ފެށުމަށް މިސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

ޑރ. ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުން ދިރާސީ އައު އަހަރު، އަހަރުގެ މެދު ތެރެއިން ފެށުމަށް ނިންމެވި ނިންމުން ބަދަލުކޮށް އަލުން ޖަނަވަރީ މަހުގައި ދިރާސީ އަހަރު ފަށަން ނިންމެވުމުގެ ކުރިން، ކުރީ ސަރުކާރުގެ ނިންމެވުމުގެ ސަބަބުން ބޮޑަށް ލިބެނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ބައްލަވާފައިވާނެ ކަމަށެވެ.

އަޅުގަނޑު މެންނަށް ގަބޫލުކުރެވުނީ އެ ގެނެވުނު ބަދަލުން، ލިބޭ ފައިދާއަށްވުރެ ގެއްލުންތަކެއް އެބަވެޔޭ. 

ވަޒީރު ޑރ. އިސްމާއީލް ޝަފީއު

މިއާއެކު ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން އެ ބަދަލު ގެނެސްފައި އޮތްގޮތާ ގުޅޭގޮތުން ބެލި ބެލުމުން އެ ބަދަލު ގެނައުމާ ގުޅޭގޮތުން 30،000 މީހުންގެ ހިޔާލު ހޯދިކަން އެނގެން އޮތް ކަމަށެވެ.

އެހެންނަމަވެސް، ކުރީ ސަރުކާރުން ދިރާސީ އަހަރަށް ބަދަލު ގެނައީ ހިޔާލު ހޯދި 30،000 މީހުންގެ ތެރެއިން 70 އިންސައްތައެއްހާ މީހުންގެ ހިޔާލާ ދެކޮޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ، ދަރިވަރުންނާއި ބެލެނިވެރިން ވެސް ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެެވެ.

މީގެ އިތުރުން. ވަޒީރު ވިދާޅުވީ، އެކެޑެމިކް ކަލަންޑަރަށް ގެނައި ބަދަލާއި އެކު، ދަރިވަރުންގެ ހަށިހެޔޮ ކަމާއި ދުޅަހެޔޮކަމަށް ރާވައި ހިންގާ ހަރަކާތްތަކަށް ވާނެ ގޮތާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދެވި ކަމަށެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގައި ހަގީގަތުގައި، މާ ހަރުދަނާ އުސޫލެއްގެ ތެރެއިންނެއް ނޫން އެކްޓިވިޓީސްތައް ރާވާލެވިފައި އޮތީ. 140 އަށްވުރެ ގިނަ މުބާރާތް އެޑިޔުޝކޭޝަން މިނިސްޓްރީގެ ފަރާތުން ބާއްވަމުން ދިޔައީ. މިއީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް، ޓީޗަރުން މުޅިން ލޮޑު ކޮށްލައި ވަރުބަލި ކޮށްލާ ކަމެއް މިކަމަކީ އިނގޭތޯ؟ އަޅުގަނޑު ގަބޫލު ކުރަން ކުޅިވަރު ކުޅެންޖެހޭނެ. ކަސްރަތު ކުރަންޖެހޭނެ. ކޮންޕެޓިޝަން ބާއްވަންޖެހޭނެ. އެހެންނަމަވެސް އެއީ ޓިޗަރަކަށް ހުކުރެއް ހޮނިހިރެއް ރޭގަނޑެއް ދުވާލެއް ނެތް ގޮތަކަށް ނޫން. ޓީޗަރުންނަކީވެސް ވަޒީފާގެ ހައްގު އޮތް ބައެއް. އާއިލާއެއް ބަލަހަށްޓަންޖެހޭ ބައެއް. އަދި ސައިކޮލޮޖިކަލީ ވަރަށް ޑިމާންޑިން މަސައްކަތެއް ކުރާ ބައެއް. 

ވަޒީރު ޑރ. އިސްމާއީލް ޝަފީއު

ވަޒީރު އިތުރަށް ވިދާޅުވީ، އެކަޑެމިކް ކަލަންޑަރަށް ގެންނަ ބަދަލާއި އެކީގައިވެސް، ދަރިވަރުންނަށް ދާޭންޖެހޭ ހަށިހެޔޮ ކަމާއި ދުޅަހެޔޮކަން ދިނުމާއި އެކީ، ޓިޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ނަގަންޖެހޭ ފިޔަވަޅުތައް ނަންގަވާނެ ކަމަށެވެ. 

އެގޮތުން، ދަރިވަރުންގެ އިތުރު ހަރަކާތްތައް ބޮޑަށް ރާވާލައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.