މާލޭގެ މަގެއްގެ މައްޗަށް ކުނި އަޅާފައި-- ފޮޓޯ: ވޮއިސް
ހަބަރު
24 Mar 2024 | 12:47
މާލޭގައި އާއްމުކޮށް ކުނިއަޅާ 10 ތަނެއް ސިޓީ ކައުންސިލުން އާއްމުކޮށްފި

މާލޭގައި އާއްމުކޮށް ކުނިއަޅާ 10 ތަނެއް މާލެ ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

ރޯދަމަހާ ދިމާކޮށް މާލެސިޓީގެ އެކި ސަރަހައްދުތަކަށް ކުނިއެޅުން ވަނީ އާދަޔާޚިލާފަށް އިތުރުވެފައެވެ. މީގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އުޅަނދުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި އާއްމުގޮތެއްގައި މިފަދަ ކުނިތައް އަޅަމުންދާ ތަންތަން ފާހަގަކޮށް އެސަރަހައްދުތައް ވަނީ އާއްމުކޮށްފައެވެ. އެ ސަރަހައްދުތަކަކީ:

- އަލަމާ ގޯޅި

- ކެނެރީ ގޯޅި

- ހަދީބީ މަގު

- އޯޑިއޯން ގޯޅި

- މާވެޔޮމަގު ފަތަހަ ކަންމަތި

- ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު

- ބަރުޖޯރާ ގޯޅި ކަންމަތި

- މ.ޕިއްޒާ ބޯނާ ކަންމަތި

- ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި

- ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅިއެވެ.

މި ސަރަހައްދުތަކުގައި ނޫނަސްވެސް، މި ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ މާލޭ ސިޓީ ކައުންސިލްގެ ނަންބަރު 9341144 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިވަޑައިގަނެފައެވެ.

އަދި ވެބްސައިޓު މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކަށް http://complaints.malecity.gov.mv/en މި ލިންކު މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިފައެވެ.

މާލޭގެ މަގުތަކަށް ކުނިއެޅުން އާއްމުވެފައިވާއިރު، ރޯދަަމަސް ފެށުނުފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެތައް ޓަނެއްގެ ކުނި ސިޓީ ކައުންސިލުން ނަގަމުން ގެންދެއެވެ.

ކޮމެންޓް
ޙަސަނު
ރަމްލޯން މަހު ފެށުނީއްސުރެ ވެމްކޯ އަށް މިގުޅަނީ ކޮންމެދުވަހަކު ކުނިއުކާލަން، ކޮންމެދުވަހަކު ވެސްބުނަނީ މިއަދު ފުލްވެފައޭ މާދަން ގުޅަށޭ އެދުވަހެއް އަދިވެސް ނާދޭ، ޕްރައިވެޓް ދަތުރެއް ގޮނޑަށް ގެންގޮސް ދެނީ 3000 ރުފިޔާ އަށް
24 Mar 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.