އެޗްޑީސީ މެނޭޖިންގ ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދެވެ -- ފޮޓޯ: ވޮއިސް
ހަބަރު
24 Mar 2024 | 13:36
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ސްލޮޓުތަކުން އިން ވަކިކުރަން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ސްލޮޓުތަކުން އިން ވަކިކުރަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތް ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދެވެ. 

ހުޅުމާލޭ ފޭސް 2 ގެ ސަރަހައްދެއްގައި މި މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބިން ސާފުކޮށް އިން ވަކިކޮށްދިނުމުން މަސައްކަތްތައް އަވަސްވެގެން ދާނެކަމަށާއި، ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދަ ލިބުމާއެކު އިންފާރު ރާނަން ފެށޭނެ ކަމަށެވެ. 

އެޗްޑީސީގެ އުއްމީދަކީ، ހުޅުމާލޭގައި ބިންވެރިޔާގެ ގޯތިތަކުގެ ތެރެއިން ހިއްކަމުންދާ ސަރަހައްދު ފިޔަވައި ދެންހުރި ހުރިހާ މަސައްކަތްތަކެއް މިވަގުތު ހައްލުކޮށްދެވެންހުރި ކަންކަން ހައްލުކޮށްދީ ނިންމުންކަމަށް ގެނައުން ކަމަށް ފަޒުލް ވިދާޅުވިއެވެ.  

އަދި މިއީ ކުރިން 3 މަރުހަލާއެއްގައި ކުރަމުން އައި މަސައްކަތެއް ނަމަވެސް މިހާރު އެއް މަރުހަލާއިން މި މަސައްކަތް ކުރެވޭނެ އިންތިޒާމަކަށް ބަދަލުކޮށްދީފައިވާ ކަމަށްވެސް ފަޒުލްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްާފައެވެ.  

މީގެ އިތުރުން ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް ބިން ދީފައި ހުންނާނެކަމަށާއި، މިހާރު އެތަންތަންވެސް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް އިތުރަށް ވިދާޅުވީ ނެޓްވޯކް މައްޗަށް ބިން އަރާފައި ހުރިކަމަށް ބުނެ ބިން ނުދީ ނުތިބޭނެ ކަަމަށާއި، އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާ ގުޅިގެން އެ ނެޓްވޯކްތައްވެސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.