ނަޝީދަށް ހަމަލާ ދިނުމަށް އައިޑީ ގޮއްވާލުމަށް ބޭނުންކުރި ކަމަސް ބެލެވޭ ސައިކަލު - ފޮޓޯ: މިހާރު
ހަބަރު
25 Mar 2024 | 14:37
ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން އިތުރަށް ލިބިފައި ހުރި މައުލޫމާތު ހޯދުމަށް މަޖިލިސް ރައީސްގެ އަރިހުން އެދިއްޖެ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ދިފާއީ ވުޒާރާއަށް ލިބިފައިވާ އިތުރު މައުލޫމާތު އެ ވުޒާރާއިން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުން އެދިވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދިފާއީ ވަޒީރު ޣައްސާން ހާޒިރު ކޮށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ މަޖިލީހުގެ ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއަށް ތިން އަހަރު ފާއިތު ވެގެން ގޮސްފައިވާއިރު، އެ މައްސަލަ ކޮޅެއްގައި ނުޖެހި ނުވާ ކަމަކަށް ވެގެންދާކަން ފާހަގަކުރައްވާފައެވެ. 

އެހެންކަމުން، މި ސަރުކާރުން އެ މައްސަލައިގެ ފުން މިނަށް ބެލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެވިދާނެތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވަނީ، ޤައުމީ ދިފާއީ ބާރަށް ޤާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށް އެ ރައްކާތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުއްވާފައެވެ.

މިއާއެކު ޣައްސާން ވިދާޅުވީ، ނަޝީދަށް ދެވުނު ހަމަލާގެ މައްސަލަ ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށާ، މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަން އެބަހުރި ކަމަށެވެ.

ތި ވިދާޅުވި މައްސަލަ އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން ގެންދާނަން، އަޅުގަނޑަށް މިހާރު ފެނިފައި ހުރި ކަންތައްތަކުގައި ބައެއް މައުލޫމާތު ހަގީގަތުގައި މި މަޖިލީހަށް އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތި ބޭފުޅުން އެ މައުލޫމާތު ހޯދަން އުޅުނީމަ

ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން

ޑިފެންސް މިނިސްޓަރުގެ އެވާހަކަފުޅާއި ގުޅިގެން، އިމްތިޔާޒް ފަހުމީ އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ މައުލޫމާތު މަޖިލީހުން ހޯއްދަވައި، މައުލޫމާތުގެ އަލީގައި ކަމާބެހޭ ކޮމިޓީން މައްސަލަ ބައްލަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.