އަލީ ނަސީރު ގައިގައި ޖެހުނު ސައިކަލު -- ފޮޓޯ: އަލީ ނަސީރުގެ ކާފަދަރިފުޅު
ރިޕޯޓް
25 Mar 2024 | 21:59
ތަރާވީސް ކޮށްގެން އައި މަގުމަތީ އުމުރުން ދުވަސްވީ މީހަކު ވީ ރޭސް ސައިކަލެއްގެ ޝިކާރައަކަށް

"އެއީ މިދިޔަ ހުކުރު ދުވަހުގެރޭ. އަޅުގަނޑު އިނީ އަޅުގަނޑުގެ ދެ ކޮއްކޮއަކާ އެކީ އުނޯ ކުޅެން. އެއީ ހަމަ އާދައިގެމަތިން އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ދިޔަ ދުވަހެއް. އެހެން ހުއްޓާ ކުއްލިއަކަށް އިވުނީ ވަރަށް ބާރުގަދަ އަޑުފަށްގަނޑެއް. ހަމަ އެވަގުތު ކަން ވީގޮތް ބަލަން އަޅުގަނޑާ ކޮއްކޮމެން ދުއްވައިގަތީ ބެލްކަންޏަށް. ފެނުނީ އަޅުގަނޑުގެ ކާފަ އެކްސިޑެންޓުވެފައި އޮތް މަންޒަރު." އެކްސިޑުޓެންޓުގައި އަނިޔާވި އުމުރުން 69 އަހަރުގެ ދުވަސްވީ ޢަލީ ނަސީރުގެ ކާފަދަރި، އުމުރުން 22 އަހަރުގެ ސުމާ "ވޮއިސް" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެ ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުއެވެ. ތަރާވީހު ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީ ހުޅުމާލޭ ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ފިހާރަބަރިއާއި ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި އައި ރޭސް ސައިކަލެއް އަލީ ނަސީރުގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެންނެވެ.

"ގާތްގަނޑަކަށް އެރޭ 09 ޖެހި ފަހުން އެއީ. ބާރު އަޑުފަށްގަނޑެއް ކުއްލިއަކަށް އިވިގެން ކަންވީގޮތް ބަލަން ބެލްކަންޏަށް ނިކުތްއިރު ފެނުނީ ކާފަ މަރަށް ތެޅެމުންދާތަން. އެވަގުތު ނުބަލަން އަހަރެން ހުރީ ބުރުގާ އަޅައިގެންތޯ ނޫންތޯވެސް. ހުރި ގޮތަކަށް ދުއްވައިގަތީ ކާފައާ ދިމާލަށް" ސުމާ ބުންޏެވެ.

ސުމާ ކިޔައިދިން ގޮތުގައި އޭނާ އެތަނަށް ދިޔުމުން އެތާ މަންޒަރު ބަލަން ތިބި މީހުން، ކާފަ ގައިގައި އަތްނުލުމަށް ވަނީ ބުނެފައެވެ. އަދި ސުމާ އެތަނުގައި ހުރެ އޭނާގެ ބައްޕައަށް ގުޅިކަމަށް ވަނީ ބުނެފައެވެ. އަދި ސުމާ ފޯނު ބޭއްވި ވަގުތު ނަމާދުން ފައިބައިގެން އޭނާގެ މަންމަ އަންނަނިކޮށް ފެނުނުކަމަށް އޭނާ ބުނެއެވެ. ސުމާ އިތުރަށް ބުނީ، މުޅި މަގުގައި ވަރަށް ބައިވަރު ލޭ އޮތް ކަމަށާއި، ކާފަގެ ބޮލުގެ ނާށިގަނޑުވެސް ފެންނަން އޮތްކަމަށެވެ. އަދި ކާފަގެ މޫނުމަތިވެސް މަށައިގެން ގޮސްފައިވާ ކަމަށް ސުމާ ބުންޏެވެ.

"އަހަރެން އެވަގުތު ވަރަށް ބާރަށް އެތާ ތިބި މީހުންނާ ދިމާލަށް ބުނިން، ކާކު ސައިކަލެއްހޭ ޖެހުނީ ކާފަ ގައިގަ؟ ދެތިން ފަހަރަކު އެގޮތަށް ހަޅޭއްލެވީމަ ކާފަ ގައިގަ ޖެއްސި މީހާ އިސްވެ އައިސް ތިމަންނައޭ ޖެއްސީ އަހަރެން ގާތުގައި ބުނި. އަހަރެން އޭނަ ކައިރީ ބުނިން މިތަނުން ގޮސްގެން ނުވާނޭ" ސުމާ ކިޔައިދިނެވެ.

ސުމާ އިތުރަށް ކިޔައިދިން ގޮތުގައި، ކާފަ ނަމާދަށް ގެންދާ ގޮނޑި އޮތީ އެކްސިޑެންޓު ހިނގިތަނުގެ ކައިރީ ބާއްވާފައި ކަމަށާއި ފައިވާންވެސް ކައިރިއަށް ގެނެސް ބާއްވާފައި އޮތް ކަމަށެވެ.

"ކާފަ ހޮސްޕިޓަލަށް ގެންދަން އެމްބިއުލޭންސް އަށާ ޕޮލިހުންނަށްވެސް ގުޅިން. އެކަމަކު އެމީހުން އަންނާނެހާ އިރަކު އަންނަން މަޑުކުރެވޭ ވަރަށްވުރެން ކާފަގެ ހާލު މާ ސީރިއަސް. އެހީގެ އަތެއް ދިއްކޮށްލާނެ އެކަކުވެސް އެވަގުތު ނުވި. އެހެން ހުއްޓާ ކައިރީގައި އުޅޭ އަވަށްޓެރި ބޭބެއެއް އަމިއްލައަށް އިސްނަގައިގެން ކާފައަށް އެހީތެރިވުމަށް އައީ. އޭނާ ދުއްވަން ގެންގުޅޭ ހުދުކުލައިގެ ވޭނަކަށް ކާފަ އަރުވައިގެން އަވަހަށް ގެންދިޔައީ. އެތާ މަންޒަރު ދުށް މީހުން ތިބީ ހަމަ ކުޅިބަލަން. ކާފައާ ކައިރިވާކަށް އެމީހުން ހިތުވެސް ނުލާ.ކާފަ އޮތްތަނުން ނަގައިގެން ވޭނަށް އަރުވަން އައީ އަޅުގަނޑުގެ ބައްޕަ. އަޅުގަނޑުގެ މަންމަ އާއި ބައްޕަ، ކާފަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ" ވަރަށް އަސަރާއެކު، ނަމަވެސް ކަންހިނގައިދިޔަ ގޮތް އަކުރުން އަކުރަށް ސުމާ ކިޔައިދެމުން ގެންދިޔައެވެ،

ސުމާ ބުނިގޮތުގައި އެމްބިއުލޭންސް އަދި ފުލުހުންވެސް އެތަނަށް އައީ ކާފަ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ކަމާބެހޭ އިދާރާތަކުން އެ ހާދިސާއަށް އައިސްފައިވަނީ ވަރަށް ލަހުންކަން ސުމާ ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ އެހުމުން، ޕޮލިސް މީޑީއާ އޮފިސަރު "ވޮއިސް" އަށް މައުލޫމާތު ދެމުން ބުނީ، މި މައްސަލައާއި ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނެއް ހަމަ އެރޭ ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމުގައެވެ. މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން 5 ދުވަސް ޖަހައިދީފައިވާކަމަށް ވަނީ ބުނެފައެވެ.

އެކްސިޑެންޓުގައި އަނިޔާވި އަލީ ނަސީރު އެންމެ ފުރަތަމަ ފަރުވާދިނުމަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއަށްފަހު އޭޑީކޭއަށް ބަދަލުކުރި އިރުގައިވެސް އެމީހާގެ ހާލަތު ވަރަށް ގޯސްކަމަށާއި، މިހާރު އަންނަނީ އައިސީޔޫގައި ފަރުވާދެމުން ކަމަށް ވަނީ ބުނެފައެވެ.

މި ހިނގައިދިޔަ ހާދިސާއާ ގުޅޭގޮތުން އަލީ ނަސީރުގެ ދަރިފުޅު، މުޙައްމަދު ސާއިފް ވަނީ އޭޑީކޭގައި މަސައްކަތްކުރާ ޑަކުޓަރަކު ދެއްވި ފަހުގެ މައުލޫމާތު "ވޮއިސް" އާއި ހިއްސާކޮށްފައެވެ.

ޑަކުޓަރު ބުނިގޮތުގައި ކާފަގެ ލޭއައުން ހުއްޓިފައި ނުވާތީ، ލޭ މަނާވުން ހުއްޓޭތޯ ބެލުމަށް އެމީހުން އަދި އިތުރު އެއްދުވަހު މޮނިޓަރ ކުރާނެއެވެ. އަދި ސިކުނޑީގެ ތަންކޮޅެއް ދުޅަވެފައި ހުރި ނަމަވެސް ކާފަގެ މުސްކުޅި ކަމުން ބޮލުގެ ނާށިގަނޑުގައި އެ ދުޅައަށް ޖާގަ އޮންނަ ކަމަށްވެސް ވަނީ ބުނެފައެވެ. ޑަކުޓަރު ބުނި ގޮތުގައި މިހާރު ދިމާވެފައިވާ މައިގަނޑު އެންމެ ބޮޑު މައްސަލައަކީ ކާފަ މާ ގިނައިން ނިދުމެވެ. މިކަމުގެ ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ސިކުނޑީގެ ދުޅަވުންކަމަށް ޑަކުޓަރު ބުންޏެވެ. އަދި ކާފަ ހޭލާ ބެހެއްޓުމުށްޓަކައި، ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ވަރަށް އަވަހަށް ޑޯޒް އޮފް ކޮށްލާ ކަމަށްވެސް ޑަކުޓަރު ބުނެއެވެ. އެހެންނަމަވެސް މިއީ ބޭހުގެ ސަބަބުން ދިމާވާ ކަމެއްނޫންކަމަށާއި  ކާފަގެ ސިކުނޑިން އަނިޔާ ލިބިފައިވާ ބަޔަކީ ވާހަކަ ދެއްކުމުގެ ހަރަކާތް ހިނގާ ބައިކަމަށްވެސް ޑަކުޓަރު ވަނީ ބުނެފައެވެ. އެހެންނަމަވެސް ޕިންޗް ނުވަތަ މެދުނުކެނޑި ގޮވާ، ވާހަކަ ދައްކަން މަސައްކަތް ކުރުމުން، ކާފަވެސް ވާހަކަ ދައްކަން މަސައްކަތް ކުރާތީ، އެއީ ރަނގަޅު ނިޝާނެއް ކަމަށް ފެންނަކަމަށް ޑަކުޓަރު ވަނީ ބުނެފައެވެ.. އަދި މީގެ އިތުރުން "ބްލަޑް ތިނާސް" ބޭނުންކުރަމުންދާތީ، މިހާރު އެމީހުން ސާޖަރީ ކުރިޔަސް ކާފަގެ ލޭމަނާނުވުން ދެމިއޮންނާނެކަމަށާއި، އެހެންކަމުން އެމީހުން އެ ގެންދަނީ "ބްލަޑް ތިނާސް" ގެ އަސަރު ކުޑަކުރުމަށް ބޭސް ދެމުން ކަމަށްވެސް ޑަކުޓަރު ވަނީ ބުނެފައެވެ

އަލީ ނަސީރުގެ ސިއްހީ ހާލަތު ކިޔައިދެމުން ސުމާ ބުނިގޮތުގައި މިދިޔަ އަހަރު އޭނާގެ ކާފަގެ ހިތަށް ހަތަރު ހޮޅި ވަނީ ލައްވާފައި ކަމަށެވެ. މީގެ އިތުރުން ކާފަގެ އޮކްސިޖަން ނުހިފާއްޓާތީ ފުއްޕާމޭގެ ސީޓީ ސްކޭން ހެދުމުން ފުއްޕާމޭގައި ވައި ހުރިކަން ފާހަގަ ކުރެވުނުކަމަށާއި އެ ވައި ބޭރުކުރުމަށް މިއަދު މެންދުރު 'ޓިޔުބް' އެއް ގުޅިކަމަށް ވަނީ ބުނެފައެވެ. އަދި މިއަދު ޑަކުޓަރު، ކާފަގެ މޭކަށިގަނޑުގައި ރެނދުލާފަ އިންކަން ވެސް ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ސާއިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސައިކަލު ދުއްވަން އިން މީހާ ޖެއްސީ ގަސްތެއް އޮވެގެން ކަމުގައި ނޫންވިޔަސް، ނުރައްކާތެރިކޮށް ދުއްވާނީ ގަސްތުގައިކަމަށެވެ. މީގެ އިތުރުން، މިފަދަ މީހުންގެ ޢަމަލުތަކުގެ ސަބަބުން ކިތައް އާއިލާގެ މީހުން ދާއިމަށް ނުކުޅެދި، ދުނިޔް ދޫކޮށް މިފަދަ ހިތްދަތި ދިރިއުޅުމަކަށް ބަދަލުވާންޖެހިފަ ތިބިތޯ ވަނީ ސުވާލު ކޮށްފައެވެ.

"އެކަމު ކުއްކުރާ މީހާ ހެވިފަ، މިނިވަންކަން މަތީ، މި ރާއްޖެއަކީ އިންސާފެއް ލިބޭނެ ތަނެއް ނޫން. މިއީ ކުށްކުރާ މީހުންނަށް ސުވަރުގެއެއް" އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކޮމެންޓް
އެފް ޒެޑު
ބެލުމެށްނެތި މަގުމަތީގެ ހުރުމައް ކަޑާލާ މީހުނަށާއި ރަހުމެށް ނެތިމަގުތަކުގައި ވެހިކަލުގައި އުޅޭމީނާއިމެދު އަމަލުކުރަން ވާގޮތަކީ އަނިޔާލިބުނުފަރާތުގެ އާއިލާއިން ނިކުމެ ބަދަލު ހިފުން އެނޫންގޮތެށް އޮތްކަމަކަށް ނޫބެލެވޭ.
26 Mar 2024
އެފް ޒެޑު
މިގޮތަށް ބަލާނުލުމުގެ ސަބަބުން އެކުސިޑެންޓުގައި ފުރާނަ ކިތަށްމީހުންގެތޯ މިދުނިޔެއާވަކިވެފަ ވަނީ ޓުރެފިކު ބަލަހައްޓާ ބަޔަކުވެސް މިގައުމުގަނުއުޅެނީބާއޭހިތަށްއަރާ
26 Mar 2024
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.