މިނިސްޓަރު ޚަލީލު -- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
26 Mar 2024 | 14:42
އެމްޑީޕީއަށް ބޭނުން ގޮތަކަށް ގައުމު ހިންގަން ލިބުނު، އެކަމަކު ކުރީ ދަރަނި: މިނިސްޓަރު ޚަލީލު

އެމްޑީޕީއަށް ބޭނުން ގޮތަކަށް ގައުމު ހިންގަން ލިބުނުކަމަށާއި ނަމަވެސް އެޕާޓީން ދަޢުލަތް ކުރީ ދަރަނިކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޚަލީލު ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ސުޕާމެޖޯރިޓީ ވެރިކަމަށް އަލިއަޅުވާލާފައެވެ. ޙަލީލު ވިދާޅުވީ، 2018 ވަނަ އަހަރުގައި ވެރިކަމެއް ރައްޔިތުން ދިންކަމަށާއި އަދި 2019 ވަނަ އަހަރު މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ރައްޔިތުން ދެއްވި ކަމަށެވެ.

އެމްޑިޕީގެ ވެރިކަމަކާއި އެމްޑީޕީގެ ސުޕާމެޖޯރިޓީ މަޖިލީހަށް ލިބި ބޭނުން ގޮތަަކަށް ގައުމު ހިންގަން އެޕާޓީއަށް ލިބުނުކަމަށާއި، ނަމަވެސް 60 ބިލިޔަނުން ދައުލަތް ކުރީ ދަރަނިކަމަށް ޚަލީލު ވިދާޅުވިއެވެ.

ރައްޔިތުންނަށް ދޭން ލާޒިމްކުރާ އަސާސީ ޚިދުމަތެއް ކުރިނޭރުވުނު. ފެން، ކަރަންޓް، ސިއްހީ ނިޒާމް، ތަޢުލީމީ ނިޒާމް ވެރިކަން ނިމުނު އިރު އޮތީ ނޭވާ ގޮޅިއަށް އެޅިފައި. މިވެރިންގެ މިސްރާބު ހުރި ހަމަމަގަކީ މިއީ!

މިނިސްޓަރު ޙަލީލު އެކްސްގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުވެސް މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ގެންދަވަނީ ތަކުރާރުކޮށް އެމްޑީޕީ ސުޕާމެޖޯރިޓީއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އެމްޑިޕީން މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދެމެހެއްޓުމަށް އެދެމުން އަންނައިރު މިވީހާދުވަހު ކުރެއްވީ ކޮން ކަމެއްތޯ ރައީސް  މުއިއްޒު ވަނީ ސުވާލު އުފައްދަވައިފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީން ބުނަމުންދަނީ އެޕާޓީއަށް މެޖޯރިޓީ ދެއްވުމަށް ކަމަށާއި، އެޕާޓީން އޭރުގައި ދޭން ބުނި ފެލްޓުތަކާއި ގޯތިތައް ރައްޔިތުންނަށް ދޭނެކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް، އެޕާޓީއަށް އެކަން ކުރައްވަން އާ މެޖޯރިޓީއެއް ބޭނުންވަނީ ކީއްވެތޯއާއި، މިހާރުވެސް އޮތީ އެޕާޓީގެ މެޖޯރިޓީ ނޫންތޯ ސުވާލު އުފައްދަވަވާ ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ފެށިގެން އައި ދުވަހުވެސް މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމަށް ހަތަރު މަސްދުވަސް ވެގެން ދިޔައިރުވެސް އަދިވެސް އޮތީ ހަމަ އެ މެޖޯރިޓީކަމާއި ހަމަ އެއްކަމެއްވެސް ނުކުރައްވައެއް ނޫންތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.