ސީނިއާ ސާޖަންޓު މަރިޔަމް އިނާޔާ -- ފޮޓޯ: ޕޮލިސް މީޑީއާ
ހަބަރު
26 Mar 2024 | 14:27
ގެވެށި އަނިޔާގެ ޢަމަލުތައް ސޯޝަލް މީޑިއާގައި ދައުރުކުރުމުން ދެވެނީ އިތުރު އަނިޔާ: އިނާޔާ

ގެވެށި އަނިޔާގެ ޢަމަލުތައް ސޯޝަލް މީޑިއާގައި ދައުރުކުރުމުން އަނިޔާ ލިބޭ ފަރާތަށް ލިބިގެންދަނީ އިތުރު އަނިޔާއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީނިއާ ސާޖަންޓު މަރިޔަމް އިނާޔާ ވިދާޅުވެއްޖެއެވެ.

ޕޮލިސް ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުގެ ތަހުގީގުކުރާ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިނާޔާ ގެވެށި އަނިޔާއާއި ބެހޭގޮތުން ޕޮލިސް މީޑިއާައަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، ގެވެށި އަނިޔާގެ ވީޑިއޯތައް ސޯޝަލް މީޑީއާގައި ފެތުރުމުގެ ބަދަލުގައި ކަމާބެހޭ މުއައްސަސާތަކައް ފޮޓޯއާއި ވީޑިއޯ ހިއްސާކުރުމުން ގެވެށި އަނިޔާ ލިބޭފަރާތައް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށެވެ.

މިހާރު ކޮންމެ މީހަކީވެސް ސްމާޓް ފޯނެއް ގެންގުޅޭ މީހަކަށްވާތީ، ގެވެށި އަނިޔާގެ އަމަލެއް ހިނގާވަގުތު އެބަ ވީޑިއޯކޮށް ފޮޓޯނަގާ ސޯޝަލް މީޑިއާގައި ދައުރުކުރުވާ. މިގޮތަށް ކަންތައްވުމުން އަނިޔާ ލިބޭ ފަރާތަށް އިތުރު އަނިޔާއެއްގެ ގޮތުގައި މިވަނީ.

ސީނިއާ ސާޖަންޓު މަރިޔަމް އިނާޔާ ވިދާޅުވިއެވެ

ގެވެށި އަނިޔާގެ މައްސަލައާ ގުޅޭގޮތުން އިނާޔާ އިތުރަށް ވިދާޅުވީ، އެހެން މައްސަކަތަކާއި ޚިލާފަށް ގެވެށި އަނިޔާގެ މައްސަލަތަކަކީ ގާތް ގުޅުމެއް އޮންނަ ދެމީހެއްގެ ދެމެދުގައި ހިނގާ ކަމެއްކަމަށެވެ. އެހެންވުމުގެ ސަބަބުން މައްސަލައިގެ ވަކި ހިސާބަކުން ދައުވާ އަނބުރާ ގެންދިއުމާއި މައްސަލަ އިތުރަށް ބެލުމަށް ބޭނުން ނުވާކަމަށް ބުނުމުން މައްސަލަތައް ތަހުގީގުކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވާކަމަށް އިނާޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ގެވެށި އަނިޔާ ލިބެމުންދާ މީހަކު ލަސްނުކޮށް ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ރިޕޯޓުކޮށްދިނުމަށް އިނާޔާ ވަނީ އެދިފައެވެ. އިނާޔާ ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރާނަމަ، ވީ އެންމެ ގިނަ މައުލޫމާތު ދީ ފުލުހުންނަށް އެއްބާރުލުން ދިނުމަށެވެ. އަދި އަނިޔާ ލިބިފައި ހުރި ފަރާތްތަކަށް ލިބިފައި ހުރި އަނިޔާފަދަ ކަންކަން ތަހުގީގު ކުުރުމަށްޓަކައި ފުލުހުން ފޮޓޯ ނެގުމަށް ބޭނުންވުމުން އެ ފުރުސަތުވެސް ފުލުހުންނަށް ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. 

ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ އިމަރޖެންސީ ނަންމަރު 119އަށް ގުޅުއްވައި އެ މައްސަލައެއް ރިޕޯޓުކުރެވިދާނެއެވެ. އަދި އެމަރޖެންސީ ނޫން ހާލަތްތަކުގައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނަންބަރަށް ގުޅައި އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިދާނެއެވެ. މީގެއިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރުތައް ކަމަށްވާ 3000600، 9790163 އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނަންބަރު 3328393 ، ނުވަތަ ކުޑަކުދިންގެ ހެލްޕްލައިން 1412އަށް ގުޅުއްވާ އަނިޔާގެ މައްސަލަ ރިޕޯޓުކުރެވިދާނެއެވެ.

ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި ވަރަށް އާއްމު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރެވޭނީ ގެވެށި އަނިޔާ ލިބެމުންދާ ފަރާތްތަކުގެވެސް އެއްބާރުލުމާއި އެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.