ހީނާ ވަލީދު -- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
26 Mar 2024 | 21:17
ހީނާ، ޝާހިދަށް: މިސްރާބު ހުރީ ހަމަމަގަކަށް ނޫން، އަދަވަޅަކަށް

އެމްޑިޕީގެ މިސްރާބު ހުރީ ހަމަމަގަކަށް ނޫންކަމަށާއި، މިސްރާބު ހުރީ އަނދަވަޅަކަށް ކަމަށް ވިދާޅުވެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މެނޭޖިންގ ޑިރެކްޓާ ހީނާ ވަލީދު، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުއަށް ހޫނުގަދަ ރައްދެއް ދެއްވައިފިއެވެ. 

ހީނާ މިފަދައިން ރައްދުދެއްވާފައިވަނީ، ޝާހިދު މިއަދު ދ. ކުޑަހުވަދޫ ދެމަފިރިންނާއެކު އެކްސްގައި ވީޑިއޯއެއް ހިއްސާކުރައްވާ ދެއްކެވީ ވާހަކައާ ގުޅިގެންނެވެ. ޝާހިދު ވިދާޅުވެފައިވަނީ އެ ދެމަފިރިންގެ ދަރިފުޅަކީ ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ ކުއްޖެއް ކަމަށެވެ.

އަދި  އާސަންދަ މެދުވެރިކޮށް އެ ދެމަފިރިންގެ ދަރިފުޅަށް ބޭނުންވާ ބޭސް ކުރީ ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ކުއްޖާއަށް ބޭނުންވާ ބޭސް ހޯދައިދިނުމުގައި ލަސްތަކެއްވާ ކަމަށް ޝާހިދު އެ ވީޑިއޯގައި ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދުދެއްވައި، ހީނާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ބިލްތައް ރިފަންޑް ކުރަނީ އާސަންދައިން ނޫންކަމަށެވެ.

އަދި ދ. ކުޑަހުވަދޫ ޢަބްދުލްޙަކީމްގެ ހިތުގެ ބަލި ހުންނަ ދަރިފުޅަށް ބޭސް ގަތުމަށްފަހު ހުށައަޅާފައިިވާ ބިލަށް އެންމެ ފަހުން ފައިސާ ހަމަޖައްސާފައިވަނީވެސް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި މި ސަރުކާރުންކަމަށް އެ ޕޯސްޓުގައިވެއެވެ.

ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭނެ. އަދި އެއީ ވަކި ސަރުކާރެއް އޮވެގެން ނުވަތަ ނެތިގެން ވާކަމެއްނޫން. ކުރިއަށްއޮތްތަނުގައިވެސް ޢަބްދުލްވާޙިދުގެ ދަރިފުޅުގެ ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެ. އަދި މިސަރުކާރުން މިހާތަނަށް އެތައް ފަރާތަކަށް މިގޮތަށް ރިފަންޑްކޮށްދީފައިވާނެ.

ހީނާ ވަލީދު ވިދާޅުވިއެވެ

ޝާހިދުއަށް ފާޑުވިދާޅުވަމުން ހީނާ ވިދާޅުވީ، ޤައުމުގެ ބޮޑެތި މަޤާމުތައް އަދާކުރައްވާ "ދުނިޔޭގެރައީސް" ކަން ކުރައްވާފައިވާ ބޭފުޅަކު ރައްޔިތުން ގާތަށްގޮސް އެބޭފުޅުންގެ އިޙްސާސްތަކާކުޅެފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް ޑްރާމާކުޅުމުން ތިބޭފުޅުން ވެއްޓިފައިވާ ދަށު ދަރަޖަ ވަރަށް ބޮޑަށް ސާފުވެއްޖެ. މިދިޔަ ސަރުކާރުގައި ބައި އިލެކްޝަންތަކާއި ދިމާކޮށް، އާސަންދަ އެންސްޕާގެ މޭޒު އެ ދާއިރާތަކުގައި ބަހައްޓައިގެން ތިބޭފުޅުން ބޭނުންވާ ބަޔަކަށް އުސޫލާ ޚިލާފަށް ކަންކަންކޮށްދިންކަން ވަރަށް ސާފު.

ހީނާ ވަލީދު ވިދާޅުވިއެވެ

އެމްޑީޕީގެ މި އަހަރުގެ ކެމްޕެއިން ޝިޢާރުކަމަށްވާ މިސްރާބު ހަމަމަގަށް އިޝާރާތްކުރައްވާ ހީނާ ވިދާޅުވީ، ތިބޭފުޅުންގެ މިސްރާބު ހުރީ ހަމަ މަގަކަށްނޫން ކަމަށާއި މިސްރާބު ހުރީ އަނދަވަޅަކަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.