އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
31 Mar 2024 | 15:23
ޞާލިހު ކަހަލަ އަނިޔާވެރިންނަކަށް މިގައުމުގެ ފަސްގަނޑަކުން ޖާގައެއް ނުދޭނަން: އަބްދުއްރަހީމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަދަ އަނިޔާވެރިންނަށް މިގައުމުގެ ފަސްގަނޑުން ޖާގަނުދެއްވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި އައްޑޫ ހުޅުދޫއަށް ވާދަކުރައްވާ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ރޭގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މީގެ ކުރިން ދިވެހި ތާރީހުގައި މީހުން ގައުމަށް ޣައްދާރުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށާއި، ރައީސް ޞާލިހު ގައުމަށް ޣައްދާރުވީ ވެރިކަމުގައި ހުންނަވައިގެން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށާއި، ދެން އިތުރަށް އެކަން ތަކުރާރު ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ވަރަށް ކެރިގެން މި ވާހަކަ މި ދައްކަނީ. ނުދޭނަމޭ. ބޭނުންހާ ގޮތަކަށް މި ގައުމަކު ނޫޅެވޭނޭ. މިއީ ދިވެހި ރައްޔިތުންގެ ގައުމެކޭ، މިއީ އިބްރާހިމް މުހައްމަދު ސޯލިހުގެ އެކަނި ގައުމެއް ނޫނޭ. އެމްޑީޕީގެ އެކަނި ގައުމެއް ވެސް ނޫނޭ، ޕީއެންއެފްގެ އެކަނި ގައުމެއް ވެސް ނޫނޭ،"

އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަބްދުއްރަހީމް ވަނީ ރައީސް ޑރ.މުއިއްޒު އަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން  ވާހަކަތައް ދެއްކި ނަމަވެސް ރައީސް މުއިއްޒުއާއި އެއްވަރަށް ތެދުވެރިކަމާއިއެކު ވެރިކަން ކުރުމުގެ ނިޔަތުގައި ރައީސްކަމަށް ވަޑައިގެންނެވި މީހަކު ރާއްޖޭގެ ތާރީހުން ފެނިފައިނުވާކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ މީހެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޞާލިހު އެބޭފުޅާ ކައިރީގައި ޕޯޑިއަމެއް ބަހައްޓައިގެން ވާހަކަދައްކަން އަޔަސް މި ގައުމާއި ރައްޔިތުންގެ ހައްގުގައި މި ގައުމުގެ މިނިވަން ކަމަށްޓަކައި ރައީސް ޞާލިހާއި "ޖަދަލު" ކުރަން އެކަނިވެސް ނިކުންނަވަން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.