ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
31 Mar 2024 | 22:53
އެމްބެސެޑަރު ވިދާޅުވާ ގޮތަށް މިސްރާބު ގެންނަން އުޅޭ ބަޔަކަށް ވޯޓު ނުދެއްވާ: ރައީސް މުޢިއްޒު

އެމްބެސެޑަރު ވިދާޅުވާ ގޮތަށް މިސްރާބު ގެންނަން އުޅޭ ބަޔަކަށް ވޯޓު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރުާގައި ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް، މުޙައްމަދު ފަޒީލުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިސްރާބު ކައްސާލުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތައް އިޖާބަ ނުދެއްވުމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޤައުމުގައި ހިނގަމުންދާ ކަންކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭނީ ދިވެހި ރައްޔިތުން އަމިއްލައަށް ކަމަށާއި އަދި ޤައުމާމެދު ގޮތް ނިންމަން ޖެހޭނީވެސް ދިވެހި ރައްޔިތުން އަމިއްލައަށް ކަމަށެވެ.

މިއީ އަމިއްލަވަންތަ ފަޚުރުވެރި މިނިވަން ޤައުމެއް. މި ޤައުމުގެ ކަންކަން ދިވެހިން ނިންމާނި. ބޭރު ބަޔަކު ބުނާހާ ގޮތަކަށް، ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ނޫން މިޤައުމުގެ ކަންކަން ހިނގަންޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން. 

 ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ބޭރުގެ އެމްބެސެޑަރުން ވިދާޅުވާ ގޮތަކަށް ޤައުމުގެ މިސްރާބު ގެންދިޔުން މާޒީކޮށްފި ކަމުގައެވެ. 

ރިޔާސީ އިންތިޚާބުގައި ކުރީ ސަރުކާރަށް ނޫނެކޭ ބުނި ގޮތަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައިވެސް ކުރީ ސަރުކާރުގެ މިސްރާބަށް ނޫނެކޭ ބުނުމަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ދެން އަނެއްކާ އެމިސްރާބަށް ހިފަން ތިޔަބޭފުޅުން ފުރުސަތު ދީގެން ނުވާނެ. އެ މިސްރާބު ނުހިފިގެން އެއުޅެނީ. އެ މިސްރާބަކީ ހަމަ މިސްރާބެއް ނޫން. އެއީ ކަސިޔާރު މިސްރާބެއް. އެ މިސްރާބަކަށް އަޅުގަނޑުމެން ދާކަށެއް ނޫން ދެން އަނެއްކަސް ނިންމަންވީ 

 ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން އަމިއްލައަށް މިސްރާބު ހަމަމަގަށް އެޅުވުމަށްފަހު މިސްރާބު އަނބުރާ ފޮނުވާލުމަކީ ސިކުނޑި ތަންދޭ ކަމެއް ނޫންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.