ޑޮކްޓަރަކު ބަލިމީހުން ބަލަނީ
ހަބަރު
01 Apr 2024 | 12:35
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އާސަންދައިން މެޑިކަލް ޗެކަޕް ހެދުމުގެ ޕެކޭޖް ތައާރަފްކޮށްފި

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށްފިއެވެ. 

ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނިފައިވާ ކަންތައް ތަކުގެ ތެރޭގައި އަހަރަކު ދެފަހަރަކު ކޮންމެ ރައްޔިތަކަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ތަނަވަސްވެފައިވެއެވެ. އެގޮތުން ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ 50 އަހަރުން މަތީގެ އުމުރުފުރާއަށް ފުރުސަތު ހުޅުވާލާފައިވާއިރު މިއަދު ސަރުކާރުން މިވަނީ އާސަންދަ ސްކީމްގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖުތައް ތއާރަފްކޮށް ސުކޫލްތަކުގެ ދަރިވަރުންނަށާއި އުމުރުން 18 އަހަރުން ދަށުގެ އުމުރު ފުރާ އަށްވެސް ހާއްސަ ސްކްރީނިންގ ސަރުކާރު ހޮސްޕިޓަލް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސާފައެވެ. 

މިކަމާއި ގުޅިގެން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ، 1 ޖަނަވަރީގައި ނެރެވުނު ޕެކޭޖްތައް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް މިފަހަރު އުމުރުފުރާ ތަކާއި ޕެކޭޖްތަކަށް ބަދަލު ގެނެވުފައިވާ ކަމަށެވެ. އެގޮތުން 19 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަ ކުރެވުފައުވާ އަސާސީ ޕެކޭޖްތަކަށް ބަދަލު ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ. 

އާސަންދައިން އިތުރަށް ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރުފުރާ 35 އަހަރުގެ އިތުރުން އުމުރުން 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓްތައް އެކުލެވޭ ޕެކޭޖެއް ކަމަށެވެ. 

އަދި ކެންސަރު ސްކްރީނިން ޓެސްޓްތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓްތައް ފިޔަވައި އެހެން ޓެސްޓްތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ. ހަމައެހެންމެ، ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓްތައްވެސް ޑޮކްޓަރ ލަފާދީފިނަމަ ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާން ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެފައުވެއެވެ. 



ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.