ވަޒީރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ވޮއިސް
ހަބަރު
01 Apr 2024 | 13:44
އިސްލާމީވަންތަ ލައިޓްތަކާއި އެކު އީދަށް ރަށްތައް ޒީނަތްތެރިކުރަނީ!

ކުރިއަށް އޮތް ފިތުރުއީދަށް އިސްލާމީވަންތަ ލައިޓްތަކާއި އެކު ރާއްޖޭގެ ރަށްތައް ޒީނަތްތެރި ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ރަށްތައް ޒީނަތްތެރި ކުރެވިގެންދާނެ ކަމަށެވެ. ޒީނަތްތެރިކުރުމަށް ބޭނުންކުރާ އިސްލާމީ ވަންތަކަން ދައްކުވައިދޭ ލައިޓްތަކުގެ އިތުރުން، ތަކުބީރުތަކުގެ އަޑު އެ ރަށްތަކަށް ދިރުން ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޒީނަތްތެރި ކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ބުނެ ވަޒީރު ވަނީ އެ މަސައްކަތްތަކުގެ ފޮޓޯތަކެއް ވެސް ހިއްސާކުރައްވާފައެވެ.

މިދިޔަ އަހަރު ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިސްގަނައިގެން ކުލަ ބޮކިތަކުން މާލެތެރެ ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑުއިވޭގޮތަށް ސްޕީކަރުތައް ހަރުކޮށް ހިންގި ހަރަކާތަށް ގިނަ ބައެއް ތައުރީފު ވަނީ ލިބިފައެވެ.

ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުފުޅު ވެފައިވާއިރު، މި ވައުދުފުޅު ފުއްދެވުމުގެ ގޮތުން އީދު ފާހަގަކުރުމަށް 50،100،000 ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.