ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އަނބިކަބަލުން ބުޝްރާ ބިބީ--- ފޮޓޯ: ޓްވިޓަރ
ދުނިޔެ
02 Apr 2024 | 09:49
އިމްރާން ޚާންގެ ދެކަނބަލުންގެ މައްޗަށް އިއްވި 14 އަަހަރުގެ ޖަލު ހުކުމް ފަސްކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އަނބިކަބަލުން ބުޝްރާ ބިބީގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އިއްވާފައިވާ 14 އަަހަރުގެ ޖަލު ހުކުމް ފަސްކުރުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އިއްވާފައިވާ 14 އަހަރުގެ ޖަލު ހުކުމް ފަސްކުރިޔަސް، އެދެކަނބަލުންގެ މައްޗަށް ސާބިތުވެފައިވާ އެހެން ކުށްތަކުގެ ސަބަބުން ޖަލުން ނުކުމެވަޑައިނުގަނެވޭނެއެވެ. 

އުމުރުފުޅުން 71 އަހަރުގެ އިމްރާން ޚާން ގެ މައްޗަށް ޚިޔާނާތާއި ގަވާއިދާއި ޚިލާފަށް ކައިވެނިކުރުން ހިމެނޭހެން 170 ކުށެއްގެ ދައުވާ ވަނީ އުފުލާފައެވެ.އަދި އިމްރާން ޚާން ބޮޑު ވަޒީރު މަގާމުގައި ހުންނަވަނިކޮށް އަނބިކަބަލުން ބުޝްރާ އާއި އެމަނިކުފާނަށް ލިބުނު ދައުލަތުގެ ހަދިޔާތަކާއި ގުޅޭ ޚިޔާނާތުގެ ކުށް ސާބިތުވެ 14 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިއެވެ.

މި ދެމަފިރިންގެ މައްޗަށް ކޮށްފައި ވަނީ ވެރިކަމުގައި ހުންނަވައިގެން ދައުލަތުގެ ހަދިޔާތައް ހިފެހެއްޓުމާއި ވިއްކުމުގެ ކުށުގެ ދައުވާ އެވެ. މި ހަދިޔާ ތަކުގެ ތެރޭގައި ސައުދީ އަރަބިއާ ގެ ވަލީއުލްއަމްރު ހަދިޔާ ކުރެއްވި ރަން ގަހަނާ ސެޓެއްވެސް ހިމެނޭ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. ޕާކިސްތާނުގައި ސަރުކާރުގެ ވެރިންނަށް މިފަދަ ހަދިޔާތައް ގަތުމުގެ ހުއްދަ އޮތް ނަމަވެސް ވިއްކުމުގެ ހުއްދަ އެއް ނޯވެއެވެ.

މި ހުކުމާއި ގުޅިގެން އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ތަހްރީކީ އިންސާފް (ޕީޓީއައި) ގެ އިސްބޭފުޅަކު ވިދާޅުވީ،ދައުލަތުގެ ހަދިޔާތަކެއް ވިއްކި ކަމަށް ބުނާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޯޓަކުން އިއްވާފައިވާ ހުކުމްތައް ފަސްކުރުމަށް އިސްލާމް އާބާދު ހައި ކޯޓުން އަމުރުކުރީ ހުކުމްތަކުގެ އިސްތިއުނާފް ކުރިއަށްދާތީ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވި އެގައުމުގެ އިންތިހާބުގެ ކުރިން އިމްރާން ޚާނާއި އަނބިކަބަލުން ބުޝްރާގެ މައްޗަށް ވަނީ ހުކުމްތައް ކޮށް ނިންމާފައެވެ. އެއާއިއެކު އިމްރާން ޚާނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، ޕާކިސްތާނުގެ އިންތިހާބުގައި އެ ގައުމުގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އިމްރާން ޚާން އަށް ތާއީދުކުރާ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ