އާޝިޔަތު އަލައިކާ އަދުނާން
ރިޕޯޓް
02 Apr 2024 | 14:49
ކުރީގެ ރަޢީސް ނަޝީދުގެ މަޖިލިސް ގޮނޑި ދިފާޢުކުރަން މިފަހަރު އަލައިކާ!

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގޮނޑިއަށް މިފަހަރުުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން އެބަތިއްބެވެ. 

އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ އިތުރުން ދަ ޑިމޮކްރަޓްސް ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ. 

މިގޮތުން، ދަ ޑިމޮކްރެޓްސް ގެ ފަރާތުން މަޖިލީސް އިންތިޚާބަށް ވާދަކުރައްވާ މައްޗަންގޯޅި މެދު ދާއިރާގެ ކެންޑިޑޭޓަކީ އާޝިޔަތު އަލައިކާ އަދުނާން އެވެ. އަލައިކާ މިފަހަރުގެ މަޖިލީހަށް ކުރިމަތިލީ މިއަދު އެ ދާއިރާގެ ގޮނޑީގައި އިންނެވި ރައީސް ނަޝީދުގެ ގޮނޑި ދިފާޢުކުރަން ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.

ދާއިރާއެއްގެ ކެންޑިޑޭޓެއް ހޮވުމުގައި ބަލަންޖެހޭނީ ޕޯޑިއަމަށް އަރާފައި މޮޅެތި ސިޔާސަތުތަކެއް ހުށަހަޅާ ހުށަހެޅުމަކަށް ނޫނެވެ. އެނެމް މޮޅެތި ސިޔާސަތުތައް ހުށަހަޅައިގެން ގިނަފަހަރު ކަން ނުވެފައި އޮންނަނީއެވެ. އެ ސިޔާސަތުތައް ހުށަހަޅާ ފަރާތަކީ އެކަމަށް ކިހާ ޤާބިލު ފަަރާތެއްތޯ ރައްޔިތުން ވަރަށް ރަނގަޅަށް ބަލަން ޖެހެއެވެ. 

އެ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓަކީ ރައްޔިތުންގެ ޙައްގުގައި މަޖިލީހުގައި ބަސްބުނަން ކެރޭ ފަރާތެއްތޯ ރައްޔިތުން ބަލަން އެބަޖެހެއެވެ. އަދި ހަމައެއާއެކު ކެންޑިޑޭޓެއްގެ ސިޔާސީ ހަޔާތުގެ އިތުރުން އެ ކެންޑިޑޭޓެއްގެ އާއްމު ދިރިއުޅުމާއި، ތަޢުލީމާއި ތަޖުރިބާ އާއި މިޒާޖު ފަދަ ކަންކަމަކީ ހަމައެކަނި ކެންޑިޑޭޓެއް ހުށަހަޅާ ސިޔާސަސުތަކަށް ވުރެން ބޮޑަށް ރައްޔިތުން ބަލަންޖެހޭ ކަންކަމެވެ.

އެގޮތުން، މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް އަލައިކާއާއި ބެހޭ ތަޢާރަފެއް ޙިއްސާކޮށްލާނަމެވެ.

އާޝިޔަތު އަލައިކާ އަދުނާން، މއ.ތަބައްގެ، އަކީ އޭނާގެ މަންމައާއި ބައްޕައަށް ލިބުނު ހަތަރުވަނަ ދަރިއެވެ. 

އޭނާއަކީ މީހުންނާ ގުޅޭ، ހިތްތިރި ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. އަދި ހަމައެއާއެކު ރައްޔިތުންގެ ޙައްގުގައި ސާބިތުކަންމަތީ ހުންނަވާނެ ފަޚުރުވެރި ކެންޑިޑޭޓެއްވެސް މެއެވެ. ރައްޔިތުންގެ ފަރާތުން އިވެމުންދާ ޝަކުވާތަށް ކަނުލާ އަޑުއަހައި، އެ ޝަކުވާތަކަށް ޙައްލެއް ހޯދުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލީވެސް އަލައިކާއެވެ. 

އަލައިކާ ޙާސިލުކޮށްފައިހުރި ތަޢުލީމީ ރޮނގުތަކަށް ބަލާލާއިރު، އަލައިކާ އަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން މާސްޓާސް ލެވެލަށް ކިޔަވާފައިހުރި މޮޅު ބޭފުޅެކެވެ.

އަލައިކާ ހާސިލުކުރި ތަޢުލީމުތަކުގެ ތެރޭގައި، 

- ފައުންޑޭޝަން އިން ޕްރޮފެޝަނަލް ކޮމިއުނިކޭޝަން

- ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް

- ބެޗެލާޒް އިން ޕަބްލިކް މެނޭޖްމަންޓު (އޮނާޒް) - މެލޭޝިޔާގެ ލިންކޮލިން ޔުނިވާސިޓީން

- މާސްޓާޒް އިން މެނޭޖްމަންޓު ސައިންސް: ޕަބްލިކް ޕޮލިސީ, ޗައިނާގެ ޕެކިންގ ޔުނިވާސިޓީން ޙާސިލުކޮށްފައިވުމުގެ އިތުރުން

- ބެޗެލާޒް ޑިގްރީގެ އިތުރު ކޯހެއް (ޝަރީޢާ އެންޑް ލޯ) ވިލާ ކޮލެޖުން މިވަގުތު ކިޔަވަމުން އެބަގެންދެއެވެ. 

އިސްވެދިޔަ ތަޢުލީމީ ރޮނގުތަކުންވެސް އަލައިކާ އެކި ރޮނގުތަކުން ތަޢުލީމުހުރި މިންވަރު އެނގިގެންދެއެވެ. އަލައިކާ އަކީ ހިނގަމުންމިދާ ކަންތައްތަކަށް ހަގީގީ ލޯ ހުޅުވާލާފައިވާ ބޭފުޅެއްކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދަ ޑިމޮކްރެޓްސް ގެ ނާއިބު ރައީސްގެ ގޮތުގައި މިއަދު ހުންނެވި އަލައިކާ އަކީ ތަޖުރިބާގެ ގޮތުން ބަލާއިރުވެސް އެފަދަ ދެވަނައެއް ނެއް ތަޖުރިބާކާރެކެވެ.

އެކިއެކި ދާއިރާތަކުން އަލައިކާ ހޯދި ތަޖުރިބާތަކުގެ ތެރޭގައި:

- ހިއުމަން ރައިޓްސް ކޮމިޝަނުގެ ކޮމްޕްލެއިންޓްސް އޮފިސަރ

- އޮޑިޓާ ޖެނެރަލް އޮފީހުގެ ކޮންޕްލަޔަންސް އޮފިސަރ

- ރައީސް އޮފީހުގެ އެސިސްޓަންޓް ޑިރެކްޓާ

- ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ

- އޯޝަން ޓީވީ ނެޓްވޯކްގެ ޕްރޮޑިއުސާ އަދި ޕްރެޒެންޓާ

- ދަ ޑިމޮކްރަޓްސްގެ އިންޓެރިމް ކައުންސިލް މެންބަރެއްގެ އިތުރުން

- ދަ ޑިމޮކްރެޓްސް ގެ ނާއިބު ރައީސްވެސް މެއެވެ.

އަލައިކާގެ ސިޔާސީ ތަޖުރިބާތަކަކީވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އައި ތަޖުރިބާއެކެވެ. އަލައިކާ ސިޔާސީ ހަރަކާތްތަކާ ގުޅުނު ފަހުން ވަނީ، ޕާޓީގެ އޮނިގަނޑާއި ގަވާއިދުތައް އެކުލަވާލާ ތައްޔާރުކޮށްފައެވެ.

މީގެ އިތުރުން، ވޯޓަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުމާއި، ޕާޓީގެ ޕޮލިސީތައް އެކުލަވާލާ ތައްޔާރުކުރުމާއި، ކެންޕެއިން ޓްރެއިނިން ހިންގުމުގެ އިތުރުބް ކެންޕެއިންތައް ރާވާ ހިންގުމުގައިވެސް އަލައިކާ އިސްކޮށް އުޅުނެވެ.

އަލައިކާ އަކީ ޤާބިލު، ހަރުދަނާ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކޭ ބުނަންޖެހެނީ މި ސަބަބުތަކަށްޓަކައެވެ. ރައްޔިތުން ދާއިރާއަކަށް މީހަކު އިންތިޚާބު ކުރާއިރު، އެއީ ކާކުތޯ، ހާސިލުކޮށްފައިވަނީ ކޮން ތަޢުލީމެއްތޯ ބެލުން ވަރަށް މުހިއްމެވެ. ރައްޔިތުން ގާތަށް ވޯޓަށް އަހަމުންދާއިރު، ޤައުމަށް މިވެނި ތަރައްޤީއެއް ގެންނާނަމޭ އަދި ބުންޏަސް އެ ތަރައްޤީ ގެންނާނަމޭ އެ ވިދާޅުވާ ކެންޑިޑޭޓަކީ ކިހާވަރެއްގެ ކެންޑިޑޭޓެއްތޯ ބަލަން އެބަ ޖެހެއެވެ.

އަލައިކާ އަކީ މި ހުރިހާ ކަމަކަށްވެސް އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމާމެދު ޝައްކެއް ނެތެވެ. 

މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނަށް އަލައިކާ އެކުލަވާލާފައިވާ ސިޔާސަތުތަކަކީ، އޭނާއަށް ލިބިފައިވާ ޢިލްމާއި ޙިލްމާއި ތަޖުރިބާގެ އެހީގައި އެކުލަވާލާފައިވާ ސިޔާސަތުތަކެކެވެ.

ރައްޔިތުންނަށްޓަކައި ބަސްބުނަން ތައްޔާރަށް ހުރި އަލައިކާ އަކީ މި ދާއިރާއަށް ވާދަކުރައްވާ ފަސް ކެންޑިޑޭޓުންގެ ތެރެއިން ވާދަކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓެވެ.

ކޮމެންޓް
ޖޭކޭ
ނަޝީދު ކަހަލަގޮތެއްފޮތެއްނެތް ފަރާތަކައް ނުވިއްޔާ ރަގަޅު. "ދަނޑިމޮކްރެޓްސް" ގެ އުޅޭގިނަމީހުން ގެ ވިސްނުންހުރީ ގައުމު ވިއްކާލާފަ ޖީބުފުރާލުން
04 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.