ޓައިންވާން އަށް އައި ބާރުގަދަ ބިން ހެލުމުގައި އިމާރާތެއް އަރިއަޅާލާފަ-- ފޮޓޯ: ދަ ވެދަރ ޗެނަލް
ދުނިޔެ
03 Apr 2024 | 10:36
ޓައިވާނަށް ބާރުގަދަ ބިންހެލުމެއް؛ ސުނާމީގެ އިންޒާރު ދީފި!

ޓައިވާނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ މިއީ 25 އަހަރުގެ ތެރޭގައު ޓައިވާނަށް އައި އެންމެ ބާރުގަދަ ބިން ހެލުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ބިންހެލުންތައް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ބިން ހެލުމަށްފަހު އައި ގުޑުން ތަކުގައި ވެސް 6.5 މެގްނިޓިއުޑް ހުރިކަން އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ޓައިޕޭގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަންގެ ސެއިސްމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރ ވިދާޅުވީ މި ބިން ހެލުން އައި ވަގުތު މުޅި ޓައިވާން ވެސް ގުޑައިގެން ދިޔަ ކަމަށާއި، މި ބިން ހެލުން އައިސްފައިވަނީ އައްސޭރިފަށަށްވުރެ، ބިމާއި ކައިރިން ކަމަށެވެ.

ޓައިވާނަށް އައި މި ބާރުގަދަ ބިން ހެލުމުގެ ސަބަބުން އެގައުމުގެ 26 އިމާރާތެއް ވެއްޓި އިމާރާތްތަކުގެ ދަށުގައި މީހުން ވަނީ ތާށިވެފައެވެ. މިހާތަނަށް މި ހާދިސާގެ ސަބަބުން 4 މީހަކު މަރުވެފައިވާއިރު، 50 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ބިންހެލުމާއި ގުޅިގެން ޓައިވާނާއި ފިލިޕީންސް ގެ އިތުރުން ޖަޕާނަށް ވެސް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ބިން ހެލުން ޓައިވާނަށް އެރިތާ 15 މިނިޓް ފަހުން ޖަޕާނުގެ ޔޮނަގުނީ ގެ އައްސޭރި ފަށަށް 1 ފޫޓު ބޮޑު ރާޅެއް އަރާފައިވާ ކަމަށެވެ. ޔޮނަގުނީ ގެ އިތުރުން އެގައުމުގެ އިޝިގާކީ އާއި މިޔާކޯ އަށް ވެސް އެކި ވަރުގެ ރާޅުތައް އަރާފައިވާކަމަށް އެއިދާރާއިން ރިޕޯޓް ކުރެއެވެ.

މި ބިންހެލުމުގެ އަސަރު ޗައިނާގެ ޝަންހާއީ އަށް ވެސް ކޮށްފައިވާއިރު، ޗައިނާގެ އިރުދެކުނު އައްސޭރީގައި އޮންނަ ބައެއް ޕްރޮވިންސްތަކަށް ވެސް ވަނީ ކޮށްފައެވެ. އެހެންނަމަވެސް ޗައިނާ އިން ސުނާމީގެ އިންޒާރުދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި