ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް-- ފޮޓޯ: ކްރެޑެންޑޯ
ހަބަރު
03 Apr 2024 | 11:22
މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް!

މިހިނގާ 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6 ލައްކައަށް ވުރެ މަތިވެއްޖެއެވެ.

މިގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް ތެރޭ ރާއްޖެ އަށް  604,004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވެ ދިޔަ ދެ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 15.3 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން ނިމިދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި 523,928 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވަނީ 431,524 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ދެ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިންމަހު ވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މަތިވެފައެވެ.

އެ މިނިސްޓްރީން ހާމަ ކުރާ ފަތުރުވެރިކަމުގެ ޑެއިލީ ރިޕޯޓް އަށް ބަލާއިރު، ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް މި އަހަރު ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރު މާކެޓުގެ ތިން ވަނައިގައި އޮތް ޗައިނާ އިން ނެވެ. މިގޮތުން ޗައިނާ އިން 67,399 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، މާކެޓުގެ ދެވަނައިގައި އޮތް ރަޝިއާއިން ރާއްޖެ އަށް 61,752 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 58,382 ފަތުރުވެރިންނާއި އެކު އިނގިރޭސިވިލާތް ތިންވަނައިގައި އޮތް އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެއްވަނައިގައި އޮތް އިންޑިއާ ވަނީ 34,855 ފަތުރުވެރިންނާއި އެކު މާކެޓުގެ ފަސް ވަނައަށް ވެއްޓިފައެވެ.

ނިމިދިޔަ މާޗު މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވަނީ 23 ވީ ހޮނިހިރު ދުވަހުއެވެ. މިދުވަހު ރާއްޖެ އަށް 8,464 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި އެވަރެޖް ކޮށް 7.9 ދުވަސް ހޭދަ ކުރެއެވެ.

ކޮމެންޓް
ޑެވިލް
ޑޮލަރުކޮޅު މަހުޖަނުންނާ މަޖްލިސް މެމްބަރުންގެ ޖީބަށް. ރައްޔިތުންނަށް ގަންނަން ލިބެނީ ބޮޑުއަގުގަ
03 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.