ޕީސީބީގެ ބައްދަލުވުމެއް-- ފޮޓޯ: ޕީސީބީ
ހަބަރު
03 Apr 2024 | 13:01
ސަރުކާރު ކުންފުނިތަކަށް އެވޯޑެއް ތައާރަފް ކުރުމަށް ޕީސީބީން ނިންމައިފި

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން ޚާއްޞަ އެވޯޑެއް ދޭން ނިންމައިފިއެވެ.

ޕީސީބީން ބުނީ، މިއީ މި އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދަކީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ވިޔަފާރީގެ މައިދާނުގައި މަސައްކަތަށް އިތުރު ހިތްވަރުދިނުން ކަމަށެވެ. އަދި "ގަވަނަންސް އެވޯޑް"ގެ ނަމުގައި ދެވޭ މި އެވޯޑު ހަވާލުކުރެވޭނީ ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށްކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

މިކަމާއި ގުޅިގެން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޔާމީން ވިދާޅުވީ ގަވަނަންސް އެވޯޑު ދިނުމުގެ އުޞޫލު އެކުލަވާލާ ނިމިފައިވާ ކަމަށާއި އެވޯޑުގެ މަޢުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާއި ޙިއްސާކޮށްފައިވާކަމަށެވެ. އަދި މިއީ ޕީސީބީން އެކުލަވާލާ މިނިވަން ކޮމިޓީއަކުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، އެވޯޑު ދެވޭނީ ޕީސީބީން ކަނޑައަޅާ މިންގަނޑުން ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހަރުދަނާ އުސޫލުތަކެއް ތައާރަފުކޮށް ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.