މާލެ ކޮމާޝަލް ހާބަރ --- ފޮތޯ: އެމްޕީއެލް
ހަބަރު
03 Apr 2024 | 14:31
ސްޓީވެޑޯރިން ފީ އަނެއްކާވެސް ޑޮލަރުން ނަގަން ފަށައިފި

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑަށް، އުޅަނދުފަހަރުން ދައްކަންޖެހޭ ސްޓީވެޑޯރިން ފީ މި މަހުން ފެށިގެން ޑޮލަރުން ދައްކަންޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.

ސްޓީވެޑޯރިން ފީ އަކީ ބަނދަރުތަކުން, އުޅަނދުފަހަރަށް މުދާ އެރުވުމަށް ނުވަތަ ބޭލުމަށް، އެ އުޅަނދެއްގެ އެޖެންޓެއްގެ އަތުން ނަގާ ފީއެކެވެ.

ދެހާސް އެގާރަ ވަނަ އަހަރާ ހަމައަށް މި ފީ ދައްކަމުން ގެންދިޔައީ ޑޮލަރުންނެވެ. ނަމަވެސް އެއަށްފަހު، އެމްޕީއެއްއިން ވަނީ މި ފީ ދިވެހި ރުފިޔާއިން ދެއްކޭގޮތައް ބަދަލުގެނެސްފައެވެ. އަލުން ސްޓީވެޑޯރިން ފީ, ޑޮލަރުން ނަގާގޮތަށް ބަދަލުކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.

ސްޓީވެޑޯރިން ފީ ޑޮލަރުން ދައްކަން ފެށުުމުން އެތައް ގޮތަކުން ފައިދާ ވާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އެގޮތުން އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ދިވެހި ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ޑޮލަރުގެ ތާށި ކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލް އިން އަންދާޒާ ކުރާ ގޮތުގައި މި ގެނެވުނު ބަދަލުގެ ސަބަބުން އެމްޕީއެލްގެ ޑޮލަރުގެ އާމްދަނީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރަށް އަރާނެވެ.

ސްޓީވެޑޯރިން ފީގެ ގޮތުގައި އެމްޕީއެލް އިން ނަގަނީ ކޮންމެ 20 ފޫޓުގެ ކޮންޓެއިނަރަކުން 198 ޑޮލަރުގެ މަގުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ވ. ތިނަދޫ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.
03 Jul 2026
ވަޒީރު އެދިވަޑައިގަތީ ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރުމަށް
ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
03 Jul 2026
ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި
އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ
03 Jul 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށެވެ.
03 Jul 2026
ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނިޓުގެ 'ބަފަރ ޓައިމް'
ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
03 Jul 2026
ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟
ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.