މުހައްމަދު އިސްމާއީލް-
ހަބަރު
04 Apr 2024 | 09:53
އެމްޑީޕީ ބޭނުންވަނީ، މަޖިލިސް މެޖޯރިޓީ ހޯދައިގެން ގައުމު އަނެއްކާވެސް ކުރިން އޮތް އަނދަވަޅަށް ވައްޓާލަން: މުހައްމަދު

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ރާވަމުން ދަނީ ދޮގު ވާހަކަތައް ފަތުރައިގެން، މަޖލިސް މެޖޯރިޓީ ހޯދައިގެން ގައުމު އަނެއްކާވެސް ކުރިން އޮތް އަނދަވަޅަށް ވައްޓާލުމަށް ކަމަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއީލް މިހެން ވިދާޅުވެފައި ވަނީ، އޭނާ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރީގެ ރައީސް އަދި އެމްޑީޕިގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ނިންމަވާލެއްވީ، މި ގައުމުގައި 40 އަހަރު ދުވަހު ނުކުރާ ވަރަށް ފައިސާ ޗާޕުކޮށް، ގައުމު ދަރަނިވެރި ކޮށްލައްވާފައި ކަމަށެވެ. 

އަދި އެވަރަށް ފައިސާ ޗާޕްކުރައްވަމުން ދިޔައިރުވެސް، ދިވެހި ރައްޔިތުންގެ ކުންފުނިތަކަށް ނުދައްކާ އެތައް ބިލިއަން ރުފިޔާއެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއާއެކު މުހައްމަދު ވިދާޅުވީ، ރާއްޖެ ކުރިން އޮތް އަދަވަޅުން އަރައި ގަންނަމުން، އެކި ފަރާތްތަކަށް ދައްކަވަންޖެހޭ ދަރަނިތައް ގަވައިދުން ދައްކަވަމުން، ރައީސް ޑރ މުހައްމަދު މުޢިއްޒު، ގެންދަވަނީ ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދަވަމުން ކަމަށެވެ. އަދި އެ މަޝްރޫއު ތަކަކީ ރާއްޖޭގެ އިގްތިޞާދަށް އިތުރު ދިރުމެއް ގެނެސްދެއްވާނެ މަޝްރޫއު ތަކެއްކަންވެސް އޭނަ ފާހަގަކުރެއްވިއެވެ.  

ނަމަވެސް މިއަދު އެމްޑީޕީން ރާވަމުން އެދަނީ ދޮގު ވާހަކަތައް ފަތުރައިގެން ، މަޖލިސް މެޖޯރިޓީ ހޯދައިގެން ގައުމު އަނެއްކާވެސް ކުރިން އޮތް އަނދަވަޅަށް ވައްޓާލަން. އެކަން އެހެންވާން ފުރުސަތު ދީގެން ނުވާނެ

މުހައްމަދު އިސްމާޢީލް

މުހައްމަދު އިސްމާއީލް މިހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ އެތެރޭގެ ދަރަނިއެކަނިވެސް 9000 މިލިއަނަށް އަރާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރު އައިސް އެ ދަރަނިތައް ދައްކަވަމުންދާ ކަމަށްާ އެކަން ކުރައްވަނީ ފައިސާ ޗާޕު ނުކޮށް ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.