ރައީސް ޑރ.މުހައްމަދު މުއިއްޒު---
ހަބަރު
04 Apr 2024 | 12:55
ސްޕޯޓްސް އެރީނާ އާއި އެކި ކަހަލަ ކޯޓުތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް މި އަހަރު ހިނގާނެ: ރައީސް މުއިއްޒު

ސްޕޯޓްސް އެރީނާ އާއި އެކި ކަހަލަ ކޯޓުތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް މި އަހަރު ހިނގަމުންދާނެ ކަމަށް ރައީސުލްޖުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ރައީސްގެ ޖަވާބު ޕްރޮގްރާމްގައި ނ.މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ޤާއިމުކުރެއްވުމުގެ ވަޢުދާ ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުންް މުހައްމަދު ނިޝާމް ވަނީ ސްޕޯޓްސް އެރީނާ ތަކެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަން ފާހަގަކޮށް، އެރީނާތައް ގާއިމު ވެގެންދާނީ ކޮން އިރަކުންތޯ އެމަނިކުފާނާއި ސުވާލު ކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޅިވަރުގެ ދާއިރާ އަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއެއް ކަމަށާއި ކުޅިވަރަށް ހާއްސަ ވުޒާރާއެއްވެސް އުފެއްދީ އެބޭނުމަށް ކަމަށެވެ.

ކުޅިވަރު ކުޅޭ އެކިއެކި ވަސީލަތްތައް ގާއިމްކޮށްދިނުމާއި، ކުޅިވަރު ކުޅޭ އެކި ކަހަލަ ފަރާތްތަކަށް އެކި ކަހަލަ ކަންތައްތައް ފަހިކޮށްދިނުމަކީވެސް މި ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމާއި، އިންޑޯ ކޯޓުތަކާއި އަންހެން ބޭފުޅުންނަށް ހާއްސަކޮށް ބޭނުންވޭ ހޭންޑްބޯލް ކޯޓު، މިހެންގޮސް އެކި ކަހަލަ ކޯޓުތައް އެޅުމަށް މި އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ހިނގާނެ،".

ރައީސް މުއިއްޒު ވިދާޅުވިއެެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމްކޮށްދިނުމާއި، ކޯޓުތައް އަޅާ ދިނުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ކަމަށެވެ. މި ވައުދުތައް ފުއްދުމުގެ ތެރެއިން މިހާރުވެސް އެކި ރަށްރަށުގައި މި މަސައްކަތްތައް ފެށުމުގެ މަރުހަލާގައި ހުރި އިރު ، ބައެއް ރަށްރަށުގައި އަމަލީގޮތުން އެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.