ޓައިވާނަށް އައި ބިން ހެލުމުގައި އިމާރާތެއް ވެއްޓިފައި-- ފޮޓޯ: އޭޕީ
ދުނިޔެ
04 Apr 2024 | 13:45
ޓައިވާނަށް އައި ބިންހެލުމުގައި މިހާތަނަށް 9 މީހަކު މަރުވެ، ހާހަކަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ

އިއްޔެގެ ވަގުތެއްގައި ޓައިވާނަށް އައި ބިންހެލުމުގައި މިހާތަނަށް 9 މީހަކު މަރުވެ، ހާހަކަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ޓައިވާންގެ ނޭޝަނަލް ފަޔަރ އެޖެންސީން ބުނީ އިއްޔެ އައި 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމުގައި 9 މީހަކު މަރުވެ ޖުމްލަ  1,038 މީހަކު ޒަހަމްވެފައިވާއިރު، 52 މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި އެގައުމުގެ ހޮޓެލެއްގައި މަސައްކަތް ކުރާ 38 މީހަކު ވެސް ހިމެނެއެވެ.

މި ހާދިސާގައި އެ ގައުމުގެ 26 އިމާރާތެއް ވެއްޓިފައިވާއިރު، އަނިޔާވި މީހުން ހޯދުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކުރަމުންނެވެ. 

އިއްޔެ ޓައިވާނަށް އައި މި ބިންހެލުމަކީ 25 އަހަރު ފަހުން އެގައުމަށް އައި އެންމެ ބާރުގަދަ ބިން ހެލުމެވެ. މީގެ ކުރިން އެގައުމަށް އެންމެ ބާރު ގަދަ ބިން ހެލުމެއް އައިސްފައިވަނީ 1999 ވަނަ އަހަރުއެވެ.

ޓައިޕޭގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަންގެ ސެއިސްމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރ ވިދާޅުވީ މި ބިން ހެލުން އައި ވަގުތު މުޅި ޓައިވާން ވެސް ގުޑައިގެން ދިޔަ ކަމަށާއި، މި ބިން ހެލުން އައިސްފައިވަނީ އައްސޭރިފަށަށްވުރެ، ބިމާއި ކައިރިން ކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ބިން ހެލުން ޓައިވާނަށް އެރިތާ 15 މިނިޓް ފަހުން ޖަޕާނުގެ ޔޮނަގުނީ ގެ އައްސޭރި ފަށަށް 1 ފޫޓު ބޮޑު ރާޅެއް އަރާފައިވާ ކަމަށެވެ. ޔޮނަގުނީ ގެ އިތުރުން އެގައުމުގެ އިޝިގާކީ އާއި މިޔާކޯ އަށް ވެސް އެކި ވަރުގެ ރާޅުތައް އަރާފައިވާކަމަށް އެއިދާރާއިން ރިޕޯޓް ކުރެއެވެ.

މި ބިންހެލުމުގެ އަސަރު ޗައިނާގެ ޝަންހާއީ އަށް ވެސް ކޮށްފައިވާއިރު، ޗައިނާގެ އިރުދެކުނު އައްސޭރީގައި އޮންނަ ބައެއް ޕްރޮވިންސްތަކަށް ވެސް ވަނީ ކޮށްފައެވެ. އެހެންނަމަވެސް ޗައިނާ އިން ސުނާމީގެ އިންޒާރުދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ