މުއިވެޔޮ 5 އަނގޮޅި ކަންމަތީ ޒުވާނުން އިސްނަގައިގެން ބޭއްވި، ދޫނިފިހާރަ ގުރުއާން މުބާރާތް 1445...
ކުޅިވަރު
04 Apr 2024 | 23:48
ދޫނިފިހާރަ ގުރުއާން މުބާރާތް 1445 ގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި

މުއިވެޔޮ 5 އަނގޮޅި ކަންމަތީ ޒުވާނުން އިސްނަގައިގެން ބޭއްވި، ދޫނިފިހާރަ ގުރުއާން މުބާރާތް 1445 ގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ދޫނި ފިހާރައިގެ ވެރިޔާ އާދަމް އަހުމަދު ފުޅު ވިދާލުވީ މިމުބާރާތަކީ މުއިވެޔޮ 5 އަނގޮޅި ކަންމަތީގެ ޒުވާނުންތަކެއްގެ އިސްނެގުމަށް ދޫނި ފިހާރައިގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެއް ކަމަށެވެ.

މުއިވެޔޮ 5 އަނގޮޅި ކަންމަތީ ޒުވާނުން އިސްނަގައިގެން ބޭއްވި، ދޫނިފިހާރަ ގުރުއާން މުބާރާތް 1445 ގެ ބައިވެރިއެއް ގުރުއާން ކިޔަވަނީ

މިއަހަރުގެ މުބާރާތް ހުޅުވާލީ މުއިވެޔޮ 5 އަނގޮޅިއަށް.. އެގޮތުން މިއަހަރުގެ މުބާރާތުގައި ތިން އުމުރުފުރާ އަކުން ޖުމްލަ 22 ދަރިވަރުން ބައިވެރިވެ ވާދަކޮށްފައި ވެއެވެ. އަދި މުބާރާތުގެ އެއްވަނަ އިނާމަކަށް 10,000, އަދި ދެވަނަ އިނާމަކަށް 7,000 ގެ އިތުރުން ތިންވަނަ އިނާމަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 12 އަހަރުންދަށް، 9 އަހަރުންދަށް އަދި 6 އަހަރުން ދަށުގެ އުމުރުފުރާ ވަކިންނެވެ.

މުއިވެޔޮ 5 އަނގޮޅި ކަންމަތީ ޒުވާނުން އިސްނަގައިގެން ބޭއްވި، ދޫނިފިހާރަ ގުރުއާން މުބާރާތް 1445 ގެ ބައިވެރިއެއް ގުރުއާން ކިޔަވަނީ

އިތުރަށް ވާހަކަދައްކަމުން އާދަމް އަހުމަދު ފުޅު ވިދާލުވީ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ދުވަސް ނޫން އަނެއް ދުވަހުކަށާއި، މުބާރާތްގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ވަނަތަކަށް އިނާމް ހުށަހެޅުއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 9501950 ނުވަތަ 9306030 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

މުއިވެޔޮ 5 އަނގޮޅި ކަންމަތީ ޒުވާނުން އިސްނަގައިގެން ބޭއްވި، ދޫނިފިހާރަ ގުރުއާން މުބާރާތް 1445 ގެ ބައިވެރިއެއް ގުރުއާން ކިޔަވަނީ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.