ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް-- ފޮޓޯ: މި ނޫސް
ހަބަރު
06 Apr 2024 | 11:08
ސާދަ ފަނަރަ އަހަރުގެ ކުދިންނަކީ އިސްލާމްދީނުގައިވާ އަދަބުތަކުން ބަރީއަވާނެ ބައެއްނޫން: ޝައިޚް ނިޝާން

އުމުރުން ސާދަ ނުވަތަ ފަނަރަ އަހަރު ވެފައިވާ ކުދިންނަކީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އަދަބުތަކުން ބަރީއަވާނޭ ކުޑަކުދިންނެއް ނޫން ކަމަށް ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ޝައިޚް ނިޝާން މިފަދައިން ވިދާޅުވީ، އއ.ރަސްދޫގައި އުމުރުން 13 އަހަރާއި 14 އަހަރުގެ ކުޑަ ދެ ކުއްޖަކު، އެ ރަށުގެ މިސްކިތުގެ ވުޟޫ ކުރާ ބައިގައި އެހެން ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝައިޚް ނިޝާން ވިދާޅުވީ، އިސްލާމްދީނުގައި ތޭރަ ސާދަ ފަނަރަ އަހަރުގެ ކުދިންނަކީ ޤަލަން އުފުލިގެންވާ ކުޑަކުދިންނެއް ނޫން ކަމަށެވެ. އަދި 18 އަހަރު ވުމުން ނޫނީ ބޮޑުމީހަކަށްވެ މުކައްލަފަކަށްވެ ތިމާކުރާ ކަންކަމަށް އަދަބު ނުލިބޭގޮތަށް ކަނޑައަޅައި ނުވަތަ އަދަބު ލުއިކޮށްފައި އޮންނަ އޮތުމަކީ ކަނޑައެޅިގެން ﷲގެ ޝަރީޢަތާއި ޚިލާފު ބާޠިލު ޙުކުމެއް ކަމަށް ވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއިއެކު، މީހާ ބާލިޣްވުމުން ނުވަތަ ޢައުރަ ގުނަވަނުގެ ވަށައިގެން އިސްތަށިފެޅުމުން ނުވަތަ ފަނަރަ އަހަރުވުމުން އޭނާ މުކައްލަފަކަށްވާއިރު، އޭނާގެ ޢަމަލުތައް ފޮތުގައި ލިޔެވި، އޭނާ ކުރާ ކުށްތަކަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބު ދޭ ގޮތަށް ﷲ ގެ ޝަރީއަތުގައިވާކަން ފާހަގަކުރައްވާ ޝައިޚް ނިޝާން ވިދާޅުވީ، މުޖްތަމަޢުގައި ސާދަ ފަނަރަ އަހަރުގެ ކުދިންނަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބުތަކުން ބަރީއަވާނޭ ކުޑަކުދިންނެއް ނޫން ކަމަށެވެ.

އެހެންކަމުން ޝައިޚް ވިދާޅުވީ، މި އުމުރުގައި މީހެއް ނުވަތަ ކުއްޖެއްގެ ގައިގާ ތަޅާ އަނިޔާކޮށްފިނަމަ، އިސްލާމީ ޝަރީޢަތުގައި އޮތީ ޤިޞާޞްގެ ގޮތުގައި، ހަމަ އެތެޅިގޮތަށް ތަޅައި އެބަޔަކަށް އަދަބު ދިނުން ކަމަށެވެ.

މިއާއި އެކު ޝައިޚް ނިޝާން ވަނީ މިކަމުގެ ދަލީލެއްވެސް ހިއްސާ ކުރައްވާފައެވެ. އެއީ:

ޝެއިޚުލް އިސްލާމް ابن تيمية – رحمه الله - ވިދާޅުވެފައިވެއެވެ. "އަތުން ނުވަތަ ދަނޑިބުރިޔަކުން ނުވަތަ ޗާބޫކަކުން ވިޔަސް (މީހެއްގެ) މޫނުމަތީގައި ނުވަތަ ގައިގާ ޖަހައިފިނަމަ، ޚުލަފާއުއް ރާޝިދުންނާއި (4 ޚަލީފާއިންނާއި) އެނޫންވެސް ދެން ތިއްބެވި ޞަޙާބީންނާއި އަދި ތާބިޢީ ބޭކަލުންގެ ކިބައިން ޘާބިތުކޮށް ފެންނަން އޮތީ އެކަމުގައި ޝަރުޢުވެގެންވަނީ ޤިޞާޞް ހިފުން ކަމަށެވެ. އަދި އެއީ އިމާމް އަޙްމަދާއި އެނޫންވެސް ފިޤްހު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތެވެ. ރަސޫލު الله صلى الله عليه وسلمގެ ސުންނަތުގައިވެސް އައިސްފައިވަނީ އެގޮތަށެވެ. އެހެންކަމުން (މިމައްސަލައިގާ) ޞައްޙަ ރަނގަޅު ގޮތަކީ އެއީއެވެ."

(مجموع الفتاوى: 28/379 – މިފަތުވާގެ ޚުލާޞާ ތަރުޖަމާއެއް)

ރަސްދޫގައި ރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނައިރު، ފުލުހުން ވަނީ އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ 13 އަހަރާއި 14 އަހަރުގެ ކުއްޖަކު ދެނެގަނެފައެވެ.

މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، މި މައްސަލައިގައި  ޤާނޫނީ ގޮތުން ކުރަން ޖެހޭކަންކަން ކުރަމުން އަންނަ ކަމަށާއި، މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ކުޑަ ކުއްޖާ އަށް އަނިޔާ ކުރާ މަންޒަރުތައް ފެންނައިރު، މިއީ ބަލަން އުދަނގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މަންޒަރުތަކަކަށް ވުމާއި އެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާ ނުކުރުމަށާއި ސޯޝަލް މީޑިއާ ތެރޭގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން، އެތައް ބަޔަކު އަންނަނީ މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.