ރައީސް ޑރ.މުހައްމަދު މުއިއްޒު --
ހަބަރު
06 Apr 2024 | 12:55
މަޝްރޫއުތައް ހުއްޓާލުމޭ ބުނުމަކީ ސަރުކާރުގެ ސިޔާސަތާއި އިދިކޮޅަށް ދައްކާ ވާހަކަ: ރައީސް ޑރ.މުޢިއްޒު

މަޝްރޫއުތައް ހުއްޓާލީ މި ސަރުކާރުން ކަމަށް އިދިކޮޅުން ބުނާ ބުނުމަކީ ސަރުކާރުގެ ސިޔާސަތާއި އިދިކޮޅަށް ދައްކާ ވާހަކަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ރައީސް ގެ ޖަވާބު ޕްރޮގްރާމްގައި، މާލެ ސިޓީ، މމޚ ދަފްތަރު 12151، އާމިނަތު ނަޒީރާ، ކުރިން ސަރުކާރުން ހިންގަމުން އައި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލިކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާއި މެދު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް އެންމެ ބޮޑަށް ދޮގު ހަދަމުން ދަނީ މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ކަމަށާއި، ރިޔާސީ ކެމްޕޭނު ތެރޭގައި ވަޑައިގެންނެވި ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ފެނުނީ މަޝްރޫއުތައް ހުއްޓިފައި އޮތް ތަން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޕާޓީގެ ފަަރާތްތަކަށް ފައިސާ ދިނުމުގެ ނިޔަތުގައި ކަމަށް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ އެޑްވާންސް ޕޭމަންޓު ނަގާފައި ކުރިއަށް ނުގޮސް ހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރި ކަން ފާހަގަކުރައްވާފައެވެ.

''އަޅުގަނޑުމެން އައިސްފައި މަސައްކަތް ފެއްޓެވީ، އެކަމަކު ވާހަކަ ދައްކަނީ ތިމަންނަމެންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ، މިއީ ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް، މިއީ ދޮގު ހަދާ ގޮތަކީ އެ ބޭފުޅުން، މިގޮތަށް ކަންކަމުގެ ހަގީގަތް އޮޅުވާލަމުން ދަނީ''

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު މީގެ އިތުރުންވެސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ތަރައްގީ ގެނެސްދިނުމަށް ކަމަށާއި ވައުދުވީ ހުރިހާ ރަށެއްގައި ހުރިހާ މަޝްރޫއުއެއް ހިންގުމަށް ކަމަށްވާއިރު، މަޝްރޫއުތައް ހުއްޓާލިކަމަށް ބުނެ ދައްކާ ވާހަކަ އަކީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.