ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް -- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
07 Apr 2024 | 10:17
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ އިތުރު ކަމެއް ނުކުރާނެ: ފައިސަލް

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ އިތުރު ކަމެއް ނުކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް، އަބްދުއްރަހީމުގެ ކެމްޕެއިން ހަރަކާތުގައި ރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ 129،000 ވޯޓުގެ ފުރިހަމަ ތާއީދާ އެކީގައި ކަމަށެވެ.

މިކަމުންވެސް އެނގިގެންދިޔައީ ދިވެހިން ބޭނުންވީ ނިމިދިޔަ އަނިޔާވެރި ސަރުކާެރު ބަދަލުކޮށް އޯގާތެރި، ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ވެރިއަކު އިންތިޚާބުކުރުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ، ދިވެހި ތާރީޚު ބަދަލުކޮށްލައްވާނެ ވަރުގެ ވަރުގަދަ ޝަޚުސިއްޔަތެއް. އެހެންވީމަ، އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް، ސަރުކާރުގެ ތާއީދާއެކީ ވާދަކުރައްވާ ކެންޑިޑޭޓުން ދިވެހި ރައްޔިތުން އިންތިޚާބުކޮށްދެންވަންވީ

ވަޒީރު އިބްރާހީމް ފައިސަލް

ފައިސަލް އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ އިތުރު ކަމެއް ނުކުރާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގަނެފައި އެހުންނެވީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތަކާއެކު ދިވެހީންގެ ހާލަތު ބަދަލުކޮށްލެއްވުމަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

އަދި ކުރީގެ އެއްވެސް ރައީސަކު މި ވެރިކަމުގައި ޖަލުގޮޅީގައި ބަންދުކޮށްފައި ނުވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ އެފަދަ ގޮތަކަށް ބަދަލުހިފުމުގެ ރޫހު ގެންގުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު މަޖިލީސް އިންތިހާބަށް މަގުތަކަށް ނިކުމެ އެކުރައްވަމުން ގެންދަވާ ކެމްޕެއިންތަކުންވެސް މިކަން ވަރަށް ސާފުކޮށް އެނގިގެންދާކަމަށް ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން، މިކަން މިގޮތަށް ކުރިއަށް ގެންދެވުމަށްޓަކައި ރައީސް މުޢިއްޒުގެ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބުކޮށް ސުޕާމެޖޯރިޓީ ނަނަްގަވައިދެއްވުމަށް ފައިސަލް ވަނީ ދިވެހީންގެ ކިބައިން އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.