ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
07 Apr 2024 | 11:33
ކުރިއަށް އޮތް ހަފްތާގައި ހޯރަފުށީގައި ހުރި ކުޑަކުދިންގެ ރީހެބިލިޓޭޝަން ސެންޓަރ ހުޅުވައި، ހިދުމަތްދޭން ފަށަނީ

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ހއ.ހޯރަފުށީގައި ހުރި ކުޑަކުދިންގެ ރީހެބިލިޓޭޝަން ސެންޓަރ ހުޅުވައި، ހިދުމަތްދޭން ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ހޯރަފުށީގައި ހުރި  ރީހެބިލިޓޭޝަން ސެންޓަރ ފަށާނީ ޖުވެނައިލް ރެސިޑެންޓަލް ޓްރީޓްމެންޓް ސެންޓަރ އެއްގެ ގޮތުގައި ކަމަށާއި، އެތަނުން ފަރުވާ ދޭނީ އެޓް ރިސްކްގައި ތިބި އެންމެ ބޮޑަށް ފަރުވާ ބޭނުންވާ ކުދިން ކަމަށާއި، އެތަނުގެ ޖާގަ އޮތް ވަރަކުން ކުދިން ގެންގޮސް ފަރުވާ ދޭނެ ކަމަށެވެ.

 "އަޅުގަނޑުމެން މިހާރު ނަގާފައި އިން އެއް ޑިސިޝަނަކީ ހޯރަފުށީގައި ހުރި ތަން އަޅުގަނޑުމެން ފުރަތަމަ ފައްޓާނީ ޖުވެނައިލް ރެސިޑެންޓަލް ޓްރީޓްމެންޓް ސެންޓަރ އެއްގެ ގޮތުގައި ކަމަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގައި އެތަން ހުޅުވާނަން." 

ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ކުޑަކުއްޖަކު ރިސްކާއި ހިސާބަށް އައުުން ފުރަތަމަ ގެންދަން ޖެހެނީ ރެސިޑެންޓަލް ޓްރީޓްމެންޓަށް ކަމަށާއި، މި ރެސިޑެންޓަލް ޓްރީޓްމެންޓް ސެންޓަރ ގައި ވަކި މުއްދަތަކަށް ބެހެއްޓުމަށްފަހު ދެން ގެންދާނީ ހާފްވޭ ހައުސް އަށް ކަމަށެވެ. އެގޮތުން ހޯރަފުށީގައި ހުރި ރިހެބިލިޓޭޝަން ސެންޓަރ ހަދާފައި ހުރީ ހާފްވޭ ހައުސް އެއްގެ ގޮތުގައި ކަމަށާއި، އެތަން މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ނުހުޅުވި ހުރިކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ. ހާފްވޭ ހައުސް އަކީ ކުއްޖާ މުޖުތަމައު އަށް ދޫކޮށްލުމުގެ ކުރިން ބަހައްޓަން ލާޒިމް ކުރާ ތަނެކެވެ.

ދ.ކުޑަހުވަދޫގައި ހުރި ރެސިޑެންޓަލް ޓްރީޓްމެންޓް ސެންޓަރ މަރުކަޒު ނުހުޅުވި، ހޯރަފުށީގައި ހުރި ހާފްވޭ ހައުސް އާއި ހަމައަށް ދިޔުމަކީ ކުރެވޭނެ ކަމަކަށްނުވާތީ، ހޯރަފުށީގައި މިހާރު ހުރި ހާފްވޭ ހައުސް، ފުރަތަމަ ރެސިޑެންޓަލް ޓްރީޓްމެންޓް ސެންޓަރ އެއްގެ ގޮތުގައި ފެށުމަށް ސަރުކާރުން ނިންމީކަމަށް ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.