ތައުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީއު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
07 Apr 2024 | 11:47
މިއަހަރުގެ މިހާހިސާބަށް އެކި ސްކޫލްތަކުން ބުލީ ކުރުމުގެ 26 މައްސަލަ ފާހަގަކުރެވިފައިވޭ: ވަޒީރު ޝަފީއު

މިއަހަރުގެ މިހާހިސާބަށް އައިރު، ރާއްޖޭގެ އެކި ސްކޫލްތަކުން ބުލީ ކުރުމުގެ 26 މައްސަލަ ފާހަގަކުރެވިފައިވާކަމަށް  ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަފީއު ވިދާޅުވީ، މިއީ ވަރަށް ގިނަ އަދަދެއް ނަމަވެސް މިހާރު މިއޮތް ހިސާބުގައި  އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގައިވާނަމަ މިކަން ހައްލު ކުރެވިގެންދާނެ ކަމަށެވެ.

"މި އަހަރުގެ މިހާހިސާބަށް އަޅުގަނޑުމެންނަށް ނޯޓް އެބަ ކުރެވިފައިވޭ 26 ބުލީ ކޭސް އެކި އެކި ސްކޫލް ތަކުން. ހަގީގަތުގައި ވަރަށް ގިނަ. އެހެންނަމަވެސް އަޅުގަނޑުމެން މުޅި އިންޓަރެކްޝަން އަށް ބަލައިފި ކަމުގައި ވަނީ ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާއި އިރާދަކުރެއްވިއްޔާ މިހާރު މި އޮތް ލެވެލް ގައި އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގައި ވަނީނަމަ، މިއީ ހައްލު ކުރެވިދާނެ މައްސަލަ އެކޭ."

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، ތައުލީމީ ވުޒާރާއިން އެކި އެކި ލެވެލްގައި ޓީޗަރުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ހަރަކާތްތަކާއި ބެލެނިވެރިންނަށް ހިންގޭ އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ދަރިވަރުންނަށް ހިންގޭ އެކި އެކި ސިވިކް ޕްރޮގްރާމް ތައް ފަދަ ހިންގަމުންދާ ކަމަށެވެ. މިފަދަ ޕްރޮގްރާމްތަކުގައި ކުދިންގެ އެންގަރ މެނޭޖް ކުރުމާއި ބުލީ ކުރުން ފަދަ ވިޔާނުދާ އަކި ކޮށްގެން ނުވާނެ ކަންތައްތަކަށް ކުދިން އަހުލުވެރިކުރުވާ، އެފަދަ ކަންކަމުން ދުރުހެލިކުރުވުގެ މައްޗަށް އަލިއަޅުވާލާކަން ވެސް ވަޒީރު ޝަފީއު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ޝަފީއުގެ އިތުރުންވެސް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ވަޒީރު އަލީ އިޙްސާން ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ޢުމުރު 15 އަހަރުން، 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

މި ގާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވަނީ ތައްޔާރު ކުރެވިފައިވާކަމަށް ވަޒީރު އިހުސާން ވިދާޅުވެފައިވާއިރު، ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވަނީ އީދު ބަންދު ނިންމާފައި، ހަފްތާއެއް ތެރޭ ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ޑްރާފްޓު ކުރުމަށް ފަހު މަޖިލީހަށް ހުށައަޅާނެ ކަމަށް ވެސް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ