އިކުއެޑޯގެ ފުލުހުން މެކްސިކޯގެ އެމްބަސީ އަށް ވަންނަނީ-- ފޮޓޯ: މަޝްރިޤް ޓީވީ
ދުނިޔެ
07 Apr 2024 | 12:42
އެމްބަސީއަށް ފުލުހުން ވަދެގަތުމުން، މެކްސިކޯއިން އެކްއެޑޯއާ އޮތް ސިޔާސީ ގުޅުން ކަނޑާލައިފި

އިކުއެޑޯގެ ވެރިރަށް ކީޓޯގައި ހުންނަ މެކްސިކޯ އެމްބަސީއަށް އަށް ހަތިޔާރާއި އެކު އިކުއެޑޯގެ ފުލުހުން ވަދެގަތުމުން، މެކްސިކޯއިން އިކުއެޑޯ އާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިފިއެވެ.

އިކުއެޑޯގެ ފުލުހުން އެމްބަސީއަށް ވަދެފައިވަނީ، އެތަނުން ހިމާޔަތް ހޯދަމުން އައި އިކުއެޑޯގެ ކުރީގެ ނައިބު ރައީސް ޖޯޖް ގްލާސް ހައްޔަރުކުރުމަށެވެ.

މެކްސިކޯގެ ޚާރިޖީ ވުޒާރާގެ އިސްމީހަކު ބުނީ، އިކުއެޑޯގައި ތިބި އެގައުމުގެ ޑިޕްލޮމެޓިކް ސްޓާފުން އިކުއެޑޯ ދޫކޮށް ވަގުތުން ފުރާނެކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނާއި ޚިލާފު ކަމެއްގެ ގޮތުގައި މެކްސިކޯއިން މިކަން ސިފަކޮށްފައިވާއިރު، އެމެރިކާއިން ވެސް ވަނީ އިކުއެޑޯގެ މި އަމަލާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑިޕްލޮމެޓިކް އުސޫލުތަކުގެ ދަށުން އެމްބަސީތަކަކީ އާންމުކޮށް ހިމާޔަތްކޮށްފައިވާ ޖާގަތަކެއްގެ ގޮތުގައި ބެލެވޭ ތަންތަންކަން ފާހަގަކޮށްލެވެއެވެ.

ލެޓިން އެމެރިކާގެ ދެ ގައުމުގެ މެދުގައި މި ހިތްހަމަނުޖެހުން ބޮޑުވެ، ދުރުވާން ފެށިތާ ދުވަސްތަކެއް ވެފައިވާއިރު، މިކަމުގެ ސަބަބަކީ މެކްސިކޯއިން 2013 އާއި 2017 އާ ދެމެދު އިކުއެޑޯގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ގްލާސް އަށް ސިޔާސީ ހިމާޔަތް ދިނުމަށް ނިންމުމެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ކުށް ސާބިތުވެފައިވާ ގްލާސް ވަނީ އެއީ އޭނާ އަށް ސިޔާސީ ގޮތުން ކުރާ ގޯނާއެއް ކަމަށް ބުނެ މެކްސިކޯ އެމްބަސީގެ ތެރޭގައި ހިޔާވަހިކަން ހޯދާފައެވެ. އެހެންނަމަވެސް، މެކްސިކޯގެ ރައީސް އަންޑްރެސް މެނުއަލް ލޮޕޭޒް އޮބްރަޑޯރ މިދިޔަ ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިކުއެޑޯގެ ފުލުހުން ގަދަކަމުން އެމްބަސީއަށް ވަދެ، ކުރިމަތިވާ ގޯނާތަކާއި އުނދަގޫތަކުގެ ސަބަބުން އެތަނުގައި "ރެފިއުޖީ" އެއްގެ ގޮތުގައި ހުރި ގްލާސް ގެންގޮސްފައިވާ ކަމަށެވެ.

އިކުއެޑޯގެ ސަރުކާރުން ވެސް ވަނީ ގްލާސް ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނީ، ގްލާސް ޖަލަށް ލުމަށް އެގައުމުގެ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށާއި، މެކްސިކޯ އިން އޭނާއަށް ޑިޕްލޮމެޓިކް ހިމާޔަތް ދީފައިވަނީ އާންމު ގާނޫނީ އޮނިގަނޑާ ހިލާފަށް ކަމަށެވެ. 

ގްލާސް ގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން، އެންމެ ފަހުން އޭނާގެ މައްޗަށް ކޮށްފައިވަނީ، 2016 ވަނަ އަހަރު އިކުއެޑޯ އަށް އައި ބިންހެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިހުރި އެގައުމުގެ ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ތުހުމަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ